ads
މާފުށީގެ ކުނި އަޅާ ސަރަހައްދު-- ފޮޓޯ: ސައްލީ/ ޓްވިޓާ
ކުނީގެ މައްސަލަ ހައްލުކުރުމަށް އީޕީއޭއިން މާފުށި ކައުންސިލަށް އަންގައިފި
މާފުށީގައި ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލަ ބަލާ އެކަން ހުއްޓުވުމަށް އެރައު ކައުންސިލަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން އަންގައިފިއެވެ.

އެންވައިރަމެންޓް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މާފުށީގެ ބައެއް ފަރާތްތަކުން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލަ ބަލާ އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އީޕީއޭއިން އެކައުންސިލްއަށް މިއަދު އަންގާފައިވާ ކަމަށެވެ. 

އެގޮތުން، ރަށުގެ ވޭސްޓް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް އީޕީއޭގެ ހުއްދަ ހޯދުމަށް ހުށަހެޅުމަށާއި، ރަށުގައި އުފެދޭ ކުންޏާމެދެ މިހާރު އަމަލުކުރަމުންދާ ގޮތުގެ ތަފްސީލު 3 ދުވަހުގެ ތެރޭގައި އީޕީއޭއަށް އެންގުމާއި، ކުނި މެނޭޖްކުރާނެ ސެންޓަރެއް ރަށުގައި ގާއިމުކުރެވެންދެން ރަށުގައި އުފައްދާ ކުނި އަޅާނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައި އެ އެޖެންސީން ހުއްދަ ހޯދުމަށް ވަނީ އަންގާފައެވެ. 

މީގެއިތުރުން ރަށުގައި ބަހައްޓާފައިވާ އިންސަނެރޭޓަރުގެ ބޭނުން ހިފުމަށާއި، ރަށުގެ ފަޅުތެރެއަށާއި އަތިރިމައްޗަށް ކުނި އަޅަމުންދާ ފަރާތްތައް ހޯދައި އެކަން ހުއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުމަށާއި އަދި އެޅި ފިޔަވަޅެއް އެ އެޖެންސީއަށް އެންގުމަށާއި، ފަޅުތެރެއަށާއި މޫދުގައި ފެންސް ޖަހައިގެން ކުނި އެޅުން ވަގުތުން ހުއްޓާލުމަށާއި، އެ ސަރަޙައްދަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުމަށް ވާނީ އަންގާފައެވެ. 

މިމައްސަލާގައި އީޕީއޭއިން ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ވެސް ސިޓީ ފޮނުވާ އެ އެޖެންސީގެ ޓީމެއް އެ ރަށަށް ދިއުމަށް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް