ads
ވަރުން އާއި ނަތާޝާ--
ވަރުން އާއި ނަތާޝާގެ ހަނީމޫނަޖަށް ނުދާނެ
ބޮލީވުޑުގެ މަޝްހޫރު ތަރި ވަރުން ދާވަން އާއި ނަތާޝާ ދަލާލްގެ ކައިވެންޏަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. އެ ކައިވެނި އޮތީ މިމަހުގެ 24 ގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ވަނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވެސް ކާޑު ފޮނުވާފަ އެވެ. އޭގެ ތެރޭގައި ޝާހުރުކް ހާން އާއި ކަރަން ޖޯހަރު އަދި ސަލްމާން ހާނާއި ރޭމޯ ޑި ސޫޒާގެ އިތުރުން ޝަޝަންކް ކައިތާނާއި ޝިލްޕާ ޝެޓީ ފަދަ ތަރިން ހިމެނެ އެވެ. 

ކޮންމެއަކަސް ކޮވިޑްގެ ދަނޑިވަޅުގައި ދެތަރިން ކައިވެނިކުރަން ނިންމާފައިވާއިރު ކައިވެނީގެ ހަފްލާގެ އިތުރުން ޕާޓީ ވެސް އޮންނާނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކުގަ އެވެ. ހާއްސަ ހާކަތުގައި ޕާޓީ ބޭއްވި ނަމަވެސް ހަނީމޫނަކަށް ނުދާނެ އެވެ.

ވަރުން އާއި ނަތާޝާ މީގެ ކުރިން ކައިވެނި ކުރަން ނިންމީ 2019 ގައެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަން ދިމާވުމާ ގުޅިގެން އެމީހުންނަށް ޖެހުނީ ކައިވެނި ފަސްކުރާށެވެ. 

ވަރުން އެންމެ ފަހުން ފެނިގެންދިޔައީ ކޫލީ ނަންބަރު ވަން އިންނެވެ. ވަރުންގެ ލޯބިވެރިޔާ ނަތާޝާއަކީ ފެޝަން ޑިޒައިނަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް