ads
ބައިޑެން--
ބައިޑެން އެމެރިކާގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަންނަވައިފި
އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެ ވަޑައިގެން މަގާމުގެ ހުވާ ކުރައްވައިފިއެވެ.

މިއަދު ބައިޑެން ހުވާކުރެއްވީ އެމެރިކާގެ 'ކެޕިޓަލް ހޯލް' ގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ. 

ބައިޑެންގެ ހުވާ ކުރުމުގެ ރަސްމިއްޔާތައް ދައުވަތު ވަނީ އެންމެ 1000 މީހުނަށެވެ. ސަބަބަކީ ކޮވިޑް 19 ގެ ސަބަބުން ބަލިމަޑުކަން އިތުރަށް ފެތުރިދާނެތީ މީހުންގެ އަދަދު މަދު ކުރީއެވެ. 

ޖޯ ބައިޑެން މިއަދު ހުވާކުރެއްވިއިރު، ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވި ކެމީލާ ހެރިސްއެވެ. މިއީ ކަޅު ނަސްލުގެ އަންހެނަކު އެމެރިކާގެ ނައިބު ރައީސްކަން ކުރައްވާ ފުރަތަމަ ފަހަރެވެ.

އިންތިހާބުން ބަލިވެ ވަޑައިގަތުމާއެކު ނަތީޖާ ގަބޫލު ނުކުރައްވަން އެތައް ބަހަނާއެއް ދެއްކުމަށްފަހު އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ވަނީ ވައިޓްހައުސް ދޫކުރައްވާ ޕްރޮރިޑާއަށް ވަޑައިގަންވާފައެވެ. 

ޓްރަމްޕަށް އަލްވަދާއު ކިޔުމަށް ގޮސް ތިބި މަދު ސަޕޯޓަރުންކޮށް ނިސްބަތްކޮށް ޓްރަމްޕު ވިދާޅުވީ "ކޮންމެވެސް ސިފައެއްގައި އެނބި އަންނަނޭ" ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް