ރައީސް ސޯލިހު، އެމެރިކާގެ ރައީސް ބައިޑެންއަށް މަރުހަބާ ދެންނެވީ އެމަނިކުފާނު މަގާމުގެ ހުވާ ކުރެެއްވުމާއި ގުޅިގެންނެވެ.
ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެމެރިކާ އާއި ރާއްޖެއަކީ އެކުވެރި ދެގައުމު ކަމަށާއި، ބައިޑެންގެ ވެރިކަމުގައިވެސް ދެގައުމު ގުޅިގެން މަސައްކަތްކޮށް ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޖޯ ބައިޑެން އަކީ އެމެރިކާގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި 46 ވަނަ ރައީސެވެ. އަދި އެމަނިކުފާނަކީ މިހާތަނަށް އެމެރިކާގެ ރައީސްކަން ކުރައްވާ އެންމެ ދޮށީ ބޭފުޅާވެސްމެއެވެ.
ބައިޑެން ވަނީ އެގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސްކަމުގެ މަގާމުވެސް ފުރުއްވާފައެވެ.