ads
މިނިސްޓަރު މައުސޫމް--
ކޮވިޑް 19 ގެ ސަބަބުން ފަތުރުވެރިކަމަށް ބަދަލުތަކެއް އަންނަމުންދޭ: މައުސޫމް
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރެވިގެންދާނެ މިސްރާބާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބޭރުގެ ފަރާތްތަކަށް މައުލޫމާތު އަރުއްވައިފި އެވެ.

މިނިސްޓަރު އެ ވާހަކަތައް ހިއްސާ ކުރައްވާފައިވަނީ ރާއްޖެއިން ބައިވެރިވި ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) ގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

ސްޕެއިން ސަރުކާރުން ހުށަހެޅި އެ ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 18 އަދި 19 ވަނަ ދުވަހު މެޑްރިޑްގަ އެވެ. އެ ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މި އަހަރުގެ ފަހުކޮޅު މޮރޮކޯގައި ބާއްވަން ހަމަޖެހިފައިވާ ޔޫއެންޑަބްލިއުޓީއޯގެ 24 ވަނަ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާނެ ކަންތައްތައް ނިންމުމެވެ.

އެގޮތުން 2022 އިން 2025 އަށް ޔޫއެންޑަބްލިއުޓީއީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކު ނޮމިނޭޓްކުރުމަށްޓަކައި ބޭފުޅަކު ކަނޑައެޅުމަށް އިންތިހާބެއް ބޭއްވުނެވެ. އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ މިހާރުގެ ވެސް ސެކްރެޓަރީ ޖެނެރަލް ޒާރަބް ޕޮލޯލިކަޝްވިލި އެވެ.

your imageޔޫއެންޑަބްލިއުޓީއޯގެ ބައްދަލުވުމުގެ ތެރެއިން

މީގެ އިތުރުން އެ ބައްދަލުވުމުގައި މެންބަރު ގައުމުތަކުން އެގައުމުތަކުގެ ފަތުރުވެރިކަމާއި ގުޅޭ ގޮތުންނާއި ޔޫއެންޑަބްލިއުޓީއޯގެ ދައުރާއި ގުޅޭ ގޮތުން ވާހަކަދައްކާ ހިޔާލުފާޅުކޮށް މަޝްވަރާކޮއްފައި ވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ގޮތުން ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި ކޮވިޑް އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރެވިގެންދާނެ މިސްރާބަށް އަލިއަޅުވާލެއްވި އެވެ. 

އަދި 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓަށް ފަހި އަހަރަކަށް ހެދުމުގެ ގޮތުން ޓޫރިޒަމް ގާނޫނަށް ބަދަލުގެނެވިފައިވާ ކަމަށާއި އަދި އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

your imageޔޫއެންޑަބްލިއުޓީއޯގެ ބައްދަލުވުމުގެ ތެރެއިން

މީގެ އިތުރުން 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ކަމަށް ވާތީ، އެ އަހަރު ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ރާވަމުންދާ ކަމަށާއި ޔޫއެންޑަބްލިއުޓީއޯގެ ބައިވެރިވުމާއެކު ހިންގޭނެ ހަރަކާތްތަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ވަނީ ސްޕެއިންގެ ބޮޑުވަޒީރާއި މެޑްރިޑްގެ މޭޔަރް ޖޯސޭ ލުއިސް މާޓިނޭޒް އަލްމޭނިއާ އާއި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ސޫރަ ޕޮލޯލިކަޝްވިލި އާއި މެންބަރު ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ވަފުދުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ފައެވެ.

މިނިސްޓަރު މައުސޫމް ސްޕެއިންއަށް ކުރައްވާ ދަތުރުގައި ޔޫއެންޑަބްލިއުޓީއޯގެ އޭޝިއާ އެންޑް ޕެސިފިކްގެ ރީޖަނަލް ޑައިރެކްޓަރް ހެރީ ހޮންގް އާއި ސްޕެއިންގެ ޓޫރިޒަމް ރިސާރްޗާއި އިނޮވޭޝަންސްއާއި ބެހޭ އިދާރާ ސެޖިތޫރު އާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ޖަމްއިއްޔާ އެކްސެލްތޫރުގެ އިސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް