ފުލުހުން ބުނީ އޯކިޑް މަގުގެ މުޑުވާލި ކައިރީގައި ހުރި ގެއެއްގެ ހަތްވަނަ ފަންގިފިލާގެ ބެލްކަނީގައި ޖަހާފައި ހުރި ބިއްލޫރި ޝީޓުތަކުން ޝީޓެއް މަގުމައްޗަށް ވެއްޓިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ 8:58 ހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.