ads
ސުޝާންތު ސިންގް ރާޖްޕޫތް--
ދިއްލީގެ މަގަކަށް ސުޝާންތުގެ ނަމުން ނަން ދީފި
ބޮލީވުޑުގައި އަރަމުން އައި ތަރި ސުޝާންތް ސިންގް މިދިޔަ އަހަރު މަރުވުމާއެކު އެތައް ބަޔަކަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހުނެވެ. އެ ހިތާމައަށް ފަހު އޭނާގެ ސަޕޯޓަރުން މިހާރު ދަނީ ލިބޭ ކޮންމެ ފުރުސަތެއްގައި ސުޝާންތުގެ ހަނދާންތައް އާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
Advertisement

އިއްޔެއަކީ ސުޝާންތު ދުނިޔޭގައި ހުރި ނަމަ އޭނާއަށް 34 އަހަރު ފުރޭނެ ދުވަހެވެ. އެ ދުވަހާ ގުޅިގެން ފޭނުން ދިޔެއީ އެކި ގޮތްގޮތަށް އޭނާގެ ހަނދާންތައް އާ ކުރަމުންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކުރާ ގޮތުގައި އިއްޔެއާ ދިމާކޮށް، ނިއު ދިއްލީގެ މަގަކަށް ސުޝާންތުގެ ނަމުން ނަން ދިނުމަށް ވެސް މިހާރު ވަނީ ނިންމާފަ އެވެ. 

ދިއްލީގެ މަގަކަށް ސުޝާންތުގެ ނަމުން ނަން ދޭން ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެކަމަށް ހުއްދަ ދީފައި ވަނީ އިއްޔެ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

އެހެންކަމުން ދިއްލީގެ އެންޑްރޫސް ގަންޖުން އިންދިރާ ކޭމްޕާ ހަމައަށް މިހާރު ރޯޑު ނަންބަރު އަށެއްގެ ގޮތުގައި ބޭނުން ކުރާ މަގަށް "ސުޝާންތު ސިންގް ރާޖްޕުތު މަރްގް" ކިޔުމަށް ވަނީ ނިންމާފަ އެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސުޝާންތު އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުން ވެގެން ދިޔެއީ އޭނާގެ ފޭނުންނަށް ބޮޑު ޝޮކަކަށެވެ. 

އަދި އެއީ އާދައިގެ މަރެއް ނޫން ކަމަށް ސުޝާންތުގެ އާއިލާއިން ބުނަން ފެށުމުން ބޮޑު ތަހުގީގެއް ވެސް ކުރަން ޖެހުނެވެ. ނަމަވެސް އެންމެ ފަހުން ނިންމީ ސުޝާންތު އަމިއްލައަށް މަރުވީ ކަމަށެވެ. 

އެކަމަކު އޭނާ އަމިއްލައަށް މަރުވާން މެދުވެރިވީ ލޯބިވެރިޔާ އަދި އެކްޓްރެސް ރިއާ ޗަކްރަބަތީ އޭނާއަށް ފޯރުކޮށްދެމުން ދިޔަ މަސްތުވާތަކެތީގެ ސަބަބުން ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ، 

ސުޝާންތުގެ މަރަށް ފަހު ބޮލީވުޑަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ ބޮޑު ތަހުގީގެއް ފެށިއިރު، ރިއާ އާއި އޭނާގެ ބޭބެ ހައްޔަރު ވެސް ކުރި އެވެ. އެކަމަކު މިހާރު އެމީހުން ވަނީ ދޫކޮށްލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް