ads
ޒިޔާ އަދި ޝިދާތާ އެންގޭޖްވަނީ———
ފިލްމީ ތަރި ޒިޔާ ކުރީގެ މިނިސްޓަރު ޝިދާތާއާއި ކާވެނި ކުރަނީ
ފިލްމީ ތަރި ޒިޔާ އާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުން އެ ދެމީހުން އެންގޭޖް ވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ވަރަށް އަވަހަށް ކާވެނިކުރާނެއެވެ.

ރޭ އެންގޭޖްވުމުގެ ހަފްލާ ބާއްވާފައިވާއިރު ރޭގެ ވަގުތެެއްގައި ޝިދާތާ ޝޯޝަލް މީޑިއާގައި އޭނަގެ ހިތްވަނީ އުފަލުން ފުރިފަަކަމަށް ބުނެފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެހެންނަމަވެސް އެ ޕޯސްޓް މިހާރު ފެންނާކަށް ނެތެވެ. އޭގެ އިތުރުން ޒިޔާވެސް ވަނީ އެކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން ރޭ ޕޭސްބުކްގައި އޭނަގެ ފޮޓޯއަކާއިއެކު ޝިދާތާއަށް ޓެގުކޮށް ބުނެފައިވަނީ “އާ  އަހަރެން މިހުރީ އުފަލުން” ކަމަށެވެ. 

your imageޒިޔާގެ ޕޯސްޓް

އޭގެ އިތުރުންވެސް ޒިއާވަނީ ޝިދާތާ ޓެގުކޮށް “އަ ޑޭޓް ޓުބީ ރިމެމްބާޑް، ރަންކުލަ ޖެހި ލޯބިން” ކެޕްޝަނާއިއެކު ޕޯސްޓެއްވެސް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. 

your imageޒިއާގެ ޕޯސްޓް——

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯއިން ފެންނަގޮތުން ޒިޔާއާއި ޝިދާތާގެ އެންގޭޖް ހަފްލާގައި އާއިލާމީހުންނާއި ރައްޓެހިންވެސް ބައިވެރިވެފައިވެއެވެ. އެހެންނަމަވެސް މިކަން އަދި ދެމީހުންވެސް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް