ads
ނަތާޝާ އަދި ވަރުން--
ފޮޓޯއެއް ލީކްވެދާނެތީ ވަރުންގެ ކައިވެންޏަށް ފޯނެއް ނުވެއްދޭ!
ވަރުން ދާވަން އާއި ނަތާޝާ ދަލާލްގެ ކައިވެނީގެ އެންމެ ފަހުގެ މަަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. އަލިބައުގްގައި ކައިވެނީގެ ހަފްލާ ބާއްވަން އޮތްއިރު އެމީހުންގެ އާއިލާއިން މި ވަނީ އެތަނަށް ގޮސްފަ އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މި ދެތަރިން ކައިވެނިކުރާނީ އާދިއްތަ ދުވަހު އެވެ. އަލިބައުގްގެ ފައިވް ސްޓާ ހޮޓަލެއްގައި އެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވާއިރު ފޮޓޯއެއް ލީކްވެދާނެތީ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް ވެ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ފޮޓޯއެއް ލީކްވެދާނެތީ ވަރުގަދަ ފިޔަވަޅުތަކެއް އެޅީ ވަރުންގެ ލޯބިވެރިޔާ ނަތާޝާ ބޭނުންވެގެންނެވެ. ކައިވެނީގެ އެއްވެސް ހަފްލާއަކަށް ފޯނު ނުވެއްދޭނެކަން އަންގާފައިވާއިރު އެތަނަށްދާ މީހުންނަށް ވަނީ ކޮވިޑްގެ ފިޔަވަޅުތަކަށް ވެސް ވަރަށް ބޮޑަށް ސަމާލުވާން އަންގާފަ އެވެ.

އޭގެ އިތުރުން ޕާޓީއަށްދާ މީހުން ކޮވިޑަށް ޓެސްޓްކުރަން ވެސް އަންގާފައިވެ އެވެ. މި ހުރިހާ ފިޔަވަޅަކީ ވެސް ކޮވިޑްގެ ތެރޭގައި ކައިވެނީގެ ހަފްލާ ބާއްވަން ޖެހިފައިވާތީ އެންމެންގެ ރައްކަލަކަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. 

ވަރުން އާއި ނަތާޝާ މީގެ ކުރިން ކައިވެނި ކުރަން ނިންމީ 2019 ގައެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަން ދިމާވުމާ ގުޅިގެން އެމީހުންނަށް ޖެހުނީ ކައިވެނި ފަސްކުރާށެވެ. 

ވަރުން އެންމެ ފަހުން ފެނިގެންދިޔައީ ކޫލީ ނަންބަރު ވަން އިންނެވެ. ވަރުންގެ ލޯބިވެރިޔާ ނަތާޝާއަކީ ފެޝަން ޑިޒައިނަރެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް