ads
ލޫޔާ
ލޫޔާގެ ހާލު އިވުމުން ރޮވޭނެ: ބޭނުމީ ދީލަތީ އެހީ!
މަރިޔަށް އަވްލީން އަދި އޭނާގެ ފުރިމީހާ ދިޔައީ އެމީހުންގެ އަލަތު ދަރިފުޅު ދުނިޔެއައް އައުމުގެ ފޮނި އުންމީދުތަކެށް ކުރަމުންނެވެ. އެތަށް ހުވަފެންތަކެށް ދެކެމުންނެވެ. ނަމަވެސް ދަރުފުޅު ދުނިޔެއަށް އައުމާއެކު އެ ދެމަ ފިރިން ދެކެމުން އައި ހުވަފެންތަކާއެކު އުދަގޫ ދަތި ރާސްތާއެއް ދަރިފުޅަށްޓަކާ އެ ދެމަފިރިން ކަޑައްތުކުރަން ކުރަން ފަށަންޖެހުނެވެ.

ލޫޔާ މުހައްމަދު އިޝާން ގެ މަންމަ އަވްލީން އެ އާއިލާއައް ދިމާވެފައިވާ ދަތިހާލު މި ނޫހާ ހިއްސާކުރިއެވެ.

ލޫޔާ ދުނިޔެއައް އުފަންވި "ކާޑިއަލް ރިގްރެޝަން ސިންޑްރަމް" އާ އެކުގައެވެ. އެ ބަލީގައި ކުއްޖާގެ ފޫޅުން ތިރި އުފަންވާއިރު ހުންނަނީ ނުއުފެދިއެވެ. އެހެން ކަމުން ވިހާއިރު ކުއްޖާގެ ޖިންސްވެސް ނޭގޭނެއެވެ. އެއީ ހަށިގަނޑުގެ އެތެރޭން ވެސް އަދި ބޭރުން ވެސް ޖިންސީ އެއްވެސް ގުނަވަނެއް ނޫފެދޭތީއެވެ. 

"ދަރިފުޅުގެ ޑޮކްޓަރަށް ދެއްކުމުން އެހީމުން ބުނީ ލޫޔާ ބޮޑުވެގެން އަންނައިރުގައި ވައްތަރުވާނީ އަންހެން ކުއްޖަކާ އޭ. އަދި މިހާރު ހަ އަހަރުވީ އިރު އޭނާ ވަށްތަރީވެސް އަންހެން ކުއްޖަކާ،"-މަންމަ-

އަދި ދަރިފުޅު ބޮޑުކަމުދިޔުމަށް ބަޑުގެ އަރިމަތިން އިންނަނީ ގޮހޮރުގެ ބައި ބޭރުކޮަށްފައިކަމަށާއި އަދި ކުޑަކަމުދިޔުމަށް އިންނަނީ ފޫޅުން ތިރިން ތަންކޮޅެށް ތޮރުފާފައިކަމަށް ވެސް މަންމަ ބުންޏެވެ. 

ކުރިން ބޮޑުކަމުދިޔުމަށް އިންނަނީ ގޮހޮރުގެ ބައި ތޮރުފާފައި ހޮޅިއެއް ލައްވާފައިކަމަށާއި އެހެންނަމަ ވެސް ލޫޔާ ބޮޑުވަމުން އަންނަވަރަކަށް އެ ހޮޅީގެ ސަބަބުން އުނދަގޫ ވާތީ މިހާރު އިންނަނީ ނަށްޓާލާފައިކަމަށްވެސް އޭނާގެ މަންމަ ބުންޏެވެ. 

ލޫޔާއައް މިހާރު 6 އަހަރުވެފައިވާއިރު އޭނާއައް ހިނގާބިގާވެއް ނޫޅެއެވެ.   ހަރަކާތްތެރިވެ ހަދަދަނީ އަތުގެ މުއްގަނޑު ޖަހައިގެންނެވެ. 

your imageލޫޔާ

ލޫޔާގެ މި ހިތްދަތި ހާލަތައް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ވެސް އެތައް ފަހަރަކު ވަނީ ގޮސްފައެވެ. 

ނަމަވެސް އެދެވޭ ވަރުގެ ނަތީޖާއެއް ނުލިބޭކަމަށް ވެސް އޭނާގެ މަންމަ ފާހަގަ ކުރިއެވެ. 

ނަމަވެސް މި މައްސަލައަށް ހައްލެއް ހޯދޭނެ ގޮތެއް އައިޖީއެއްމްއެޗުގެ ޔޫރޮލޮޖީ ޑިޕާޓުމަންޓުގެ ޑޮކްޓަރެއް ކިޔާދީފައިވާކަމަށް އެނާގެ މަންމަ ބުންޏެވެ. ކާމިޔާބު ވެއްޖެނަމަ ލޫޔާ އަށް ކުޑަކަމުދާން ވެސް ފަސޭހަވާނެއެވެ. ބޭސް ފަރުވާއަށް އިންޑިއާއަށް ދާން މިހާރު އާސަންދަ ވެސް ވަނީ ހަމަޖެހިފައިކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް އެކޮޅަށް އިންޑިއާއަށް ގޮސްގެން ހުރުމުގެ ހަރަދު ބެލެހެއްޓޭނެހާ ގާބިލްކަމެށް އެ އާއިލާގައި ނެތްކަމަށްވެސް އޭނާގެ މަންމަ ބުންޏެވެ. އެއީ ކޮވިޑް ގެ ސަބަބުން ދިރިއުޅުން ދަށްވެފައި ވުމާއި އަދި ފިރިމީހާގެ އާމްދަނީވެސް ވަރަށް މަދުން ލިބެމުން ދިއުމުގެ ސަބަބުންނެވެ. 

ލޫޔާގެ 3 އަހަރުގެ ފިރިހެން ކޮށްކޮއަކީ ވެސް ބަލިކުއްޖަކަށް ވާތީ އާއިލާގެ މާލީ ހާލަތު އަބަދުވެސް ހުންނަނީ ކިރިއަކިރިއާ ފުދޭ މިންވަރަށެވެ. 

އެހެން ކަމުން ކުޑަކުޑަ ލޫޔާ އަދި އެ އާއިލާއިން އެދެނީ ތިޔަބޭފުޅުންގެ ދީލަތި އެހީއަކަށެވެ.

އެކައުންޓު ނަންބަރު:7715505470101

މަރިޔަމް އަވްލީން (ލޫޔާގެ މަންމަ) އިތުރު މައުލޫމާތު ހޯދުމަށް :7911712 / 7878226

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.  

8%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް