ads
ތިލަފުށި--
ތިލަފުށީ ފަޅު އެއްކޮށް ހިއްކުމުގެ މަޝްރޫއެއް ފަށަނީ
ތިލަފުށީ ފަޅުގެ ބާކީ އޮތް ބައި ހިއްކުމަުގެ ޕްރޮގްރާމްއެއް ފަށަން އުޅޭ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަންއިން ބުނެފިއެވެ.

ތިލަފުސީ ފަޅުން މިހާތަކަށް ނުހިއްކާ އޮތް ސަރަހއްދު ހިއްކުމުގެ މަޝްރޫއެއް ކުރިއަށްގެންދަން ބޭނުންވާ ދިރާސާގެ މަސައްކަތް އެޗްޑީސީ އިން ފަށައިފިކަމަށާއި އެ މަސައްކަތުގެއި ތިލަފުށީ ފަޅުން ޖުމްލަ 138 ހެކްޓަރު ހިއްކުމަށްވަނީ ޕްލޭންކޮށްފަކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

އެޗްޑީސީ އިން ވަނީ ތިލަފުށީ ފަޅު ހިއްކުމާގުޅޭ ކުރެހުންތައް ތައްޔާރުކުރުމާއި ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލާ ރިޕޯޓް ތައްޔާރުކުރާނެ ބަޔަކު ހޯދުމަށް ވެސް އިއުލާނު ކޮށްފައެވެ.

އަދި މި ބުރުގައި ފަޅު ހިއްކުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 75.9 ހެކްޓަރުގެ ސަރަހައްދަކާއި 33.6 ހެކްޓަރުގެ ސަރަހައްދަކާއި 28.5  ހެކްޓަރުގެ ސަރަހައްދެއްކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.

މާލެކައިރީގައި ކުރިން އޮތް ބޮޑުފަޅެސްކަމުގައިވާ ތިލަފުށި ފުރަތަމަ ފަރަހަށް ހިއްކާފައިވަނީ 1991 ގައެވެ. އެއީ މާލެއށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދެވުނު މަޝްރޫއެއްގެ ދަށުންނެވެ.

އެހެންނަމަވެސް މިހާރު ތިލަފުށި ބޭބުންކުރަމުންދަނީ ސިނާއީ މަސައްކަތްތައް ހިންގާ ރަށެއްގެ ގޮތުގައެވެ.

މީގެއިތުރުން ކުނި މެނޭޖްކުރުމުގެ އިތުރަށް ވިޔަފާރިތަކަށް ގުދަން ކުރުމަށް ބިން ދޫކުރުމާއި، އެކި ވިޔަފާރިތަކުން އަމަލީ މަސައްކަތްކުރުމަށްވެސް ގިން ބިންތަކެށް ތިލަފުށިން ދޫކޮށްފައިވެއެވެ.

2016 ވަނަ އަހަރު ތިލަފުށީ އިންދަސްޓްރިއަލް ޒޯންގެ ނަމުގައި 22 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވާއިރު އެ ސަރަހައްދާ ތިލަފުށިން ފުރަތަމަ ހިއްކި ސަރަހައްދާ ގުޅުވާލެވިފައިވަނީ ކޯޒްވޭއަކުންނެވެ. އަދި އިންޑަސްޓްރިއަލް ޒޯން ބޭނުންކުރަނީ ވިޔަފާރިތަކުން ގުދަންކުރުމުގެ މަސައްކަތްކުރުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް