ads
------
އިގްބާލަށް އާސަންދައިން ބޭސް ފަރުވާ ހަމަޖައްސަން ދަނީ މަސައްކަތްކުރަމުން: ޖެންޑާ
އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ، އިގްބާލް އަހުމަދަށް ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއެކު މަސައްކަތްކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ބޭސް ފަރުވާއަށް ބޭރަށް ފުރުމަށް ޑޮކްޓަރުން ލަފާދީފައިވާތީ އިގްބާލް ވަނީ އެކަމަށް އާންމުންގެ އެހީއަށް އެދިފަ އެވެ. 

އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އޭނާއަށް ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންސްޕާއާއެކު މަަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. 

އާންމުންގެ އެހީއަށް އެދި އިގްބާލް އާންމުކުރި ސިޓީގައި ބުނެފައި ވަނީ އޭނާގެ ލޮލަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން އަލި ތަންތަން ބެލުމަށް އުނދަގޫވާ ކަމަށެވެ. އެކަމާއި ގުޅިގެން މީގެ ކުރިން އޮޕަރޭޝަނެއް ކުރެވުން ނަމަވެސް އެދެވޭ ހައްލެއް ނުލިބޭ ކަމަށާއި އަދި މިހާރުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ޑޮކްޓަރުން ލަފާދެނީ ބޭރަށް ދިއުމަށް ބުނެފައިވެ އެވެ. 

އޭގެ އިތުރުން، އޭނާ ބުނެފައި ވަނީ ސަރުކާރުން އާސަންދަ ލިބުން ނަމަވެސް، ރާއްޖެއިން ބޭރުގައި ގިނަ ހަރަދުތަކެއް ހިނގާނެ ކަމަށައި އެކަމަކު އެ ހަރަދުތައް ކުރަން މާލީ ތަނަވަސްކަން ނެތް ކަމަށެވެ. މިހެންކަމުން، އެކަމުގައި އެހީތެރިވުމަށް އާންމުންގެ ކިބައިން އެދިފައިވެ އެވެ. 

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް