އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އެ ދެމީހުން ހަނީމޫނަށް ދިއުމަށް ތައްޔާރު ވަމުން ދަނީ ތުރުކީ ވިލާތަށެވެ. އެމީހުން ދަނީ ކޮން އިރަކު ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ވަރުން ދަވަން އާއި ނަތާޝާ ދަލާލްގެ ކައިވެނީގެ އެންމެ ފަހުގެ މަަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. އަލިބައުގްގައި ކައިވެނީގެ ހަފްލާ ބާއްވަން އޮތްއިރު އެމީހުންގެ އާއިލާއިން މި ވަނީ އެތަނަށް ގޮސްފަ އެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މި ދެތަރިން ކައިވެ ނިކުރާނީ އާދިއްތަ ދުވަހު އެވެ. އަލިބައުގްގެ ފައިވް ސްޓާ ހޮޓަލެއްގައި އެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވާއިރު ފޮޓޯއެއް ލީކްވެދާނެތީ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް ވެ އެވެ.
ވަރުންނާއި ނަތާޝާ އަކީ ކުޑައިރުން ފަށައިގެން އެކުގައި އުޅެމުން އަންނަ ދެމީހުންނެވެ. މިހާރު އެ ދެމީހުން ކައިވެނި ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ.