ads
މިނިސްޓަރު ޕަވިތްރާއައް (ވ)
ލަންކާގެ ހެލްތު މިނިސްޓަރަށް ކޮވިޑް ޖެހިއްޖެ
ސްރީ ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތްރާ ވާނިއާރާޗީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއިން ބުނެފި އެވެ.

މިއަދު އެ ގައުމުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ މިނިސްޓަރު ޕަވިތްރާއަށް ވަނީ ކޮވިޑް ޖެހިފައި ކަމަށާއި އެކަމަނާއާ ބައްދަލުވި ފަރާތްތައް މިހާރު ވަނީ ސެލްފް ކަރަންޓީން ކުރެވިފައި ކަމަށެވެ.

ޕަވިތްރާއަށް ކޮވިޑް ޖެހުމާއެކު މިއީ ލަންކާގެ މިނިސްޓަރަކަށް ކޮވިޑް ޖެހުނު އެންމެ ފުރަތަމަ ފަހަރެވެ. އަދި އެކަމަނާ ދިޔައީ ކޮވިޑަށް ހާއްސަކޮށް ހަދާފައިވާ ގުދްރަތީ މާއްދާތައް ހިނެމޭ ބޭހެއް ވެސް ބޮމުން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކުރެ އެވެ.

ލަންކާގައި ފޯއް އަދި މާމުއި ބޭނުންކޮށްގެން ހަދާފައިވާ އެ ބޭސް ވަނީ މިނިސްޓަރު ޕަވިތްރާގެ އިތުރުން އެހެން މިނިސްޓަރުން ވެސް ބޮއިފަ އެވެ. އަދި އެ ގައުމުގެ ބައެއް ރައްޔިތުން ވެސް އެ ބޭސް މިހާރު ދަނީ ނަގަމުންނެވެ.

ސްރީލަންކާގެ ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރުއޭ) އިން އެގައުމުގައި އޮކްސްފޯޑް އަދި އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވާއިރު އެގައުމުގައި އަދިވެސް ކޮވިޑް 19 ގެ ކޭސްތައް ދަނީ ގިނަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް