ގެއްލި ފައިވަނީ 24 އަހަރުގެ ފިރިހެނަކާ 29 އަހަރުގެ އަންހެނެކެވެ. އަދި އަންހެން މީހާ ދިޔައީ ފޯނު ހިފައިގެން ކަމަށާއި، ނަމަވެސް ފޯނު ރިންގުވި ނަމަވެސް ފޯނަށް ޖަވާބު ނުދެކަމަށް ސިފައިން ބުނެއެވެ.
ސިފައިން ބުނީ މިހާރު އެ އަންހެން މީހާގެ ފޯނުގެ ކޯޑިނޭޝަން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ.
އެ ދެމީހުންނަކީ ވެސް ރިސޯޓުގެ މުވައްޒަފުންނެވެ.
ސިފައިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 7:04 ގައި ކަމަށެވެ.
އެ ދެމީހުން ފުރި އިރު ވެސް ތިބީ ލައިފްޖެކެޓް އަޅައިގެން ކަމަށް ވެސް ސިފައިން ބުނެއެވެ.
އެ ދެމީހުން ހޯދުމުގެ މަސައްކަތް ސިފައިންގެ ޑައިވަރުންގެ ޓީމަކުން ދަނީ ކުރަމުންނެވެ.