ads
ހދ.ނެއްލައިދޫ.. ފޮޓޯ:ތިލަދުން
ނެއްލައިދޫއިން 5 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ހދ. ނެއްލައިދޫއިން ކޮވިޑް-19 އަށް 5 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ، އިންޑިއާއިން ރާއްޖެ އައުމަށްފަހު އައިސް ރަށުގައި ހޯމް ކަރަންޓީނުގައި އެކުގައި ތިބި ފަސް މީހުން ކަމަށެވެ. އަދި އެމީހުން މާލޭގައި މަޑުކޮށްފައިވަނީ އެންމެ ރެއަކު ކަމަށާއި އަދި ޕޮޒިޓިވްވީ 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ނެގި ރިލީސް ސާމްޕަލްއިން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް ވިދާޅުވީ ކަރަންޓީނުގައި ތިބި ބައެއްކަމުން އެމީހުންނަށް އިތުރު ބަޔަކާއި ދިމާވެފައި ނުވާކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކުގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ހުރި ކަމަށާއި، ނަމަވެސް އެންމެންގެ ހާލުވެސް ރަނގަޅު ކަމަށްވެސް ނާޒިމް ވިދާޅުވި. 

ނާޒިމް ވިދާޅުވީ ރަށުން ކޮވިޑަށް 5 މީހުން ޕޮޒިޓިވް ވީނަމަވެސް ރައްކާތެރިކަމުގެ މާބޮޑު ފިޔަވަޅެއް އަދި ނާޅާ ކަމަށާއި، ނަމަވެސް އިތުރަށް ކުރަންޖެހޭ މަސައްކަތްތައްކޮށް އިތުރު ފިޔަވަޅުތަކެއް އެޅުމާއި ގުޅޭގޮތުން ކައުންސިލުން މިރޭ ގޮތެއް ނިންމާނެ ކަމަށެވެ. 

މިއީ ނެއްލައިދޫއިން ކޮވިޑުގެ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް