އެޗްޕީއޭއިން ބުނީ މިއަދު ޓެސްޓު ކުރެވުނު 2،748 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވީ 55 މީހުން ކަމަށެވެ.
އަދި އެއީ މާލެ ސަރަހައްދުން 31 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކުން 9 މީހުންނާއި، ރިސޯޓްތަކުން 15 މީހުން ކަމަށެވެ.
މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 14،885 އަށް އަރާފައެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 13،813 މީހުންނެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު 10،15 ގައި އުޅޭއިރު އޭގެތެރިން 77 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. އަދި މިބަލީގައި މިހާތަނަށް މަރުވެފައިވަނީ 50 މީހުންނެވެ.