ކޮވިޑްގެ މި ބިރުވެރި ހާލަތުގައި އިންޑިއާ އަކީ މިބަލި އެންމެ ބާރަށް ފެތުރެމުންދާ ގައުމަށް ވީތީ ކައިވެނީގެ އިންތިޒާމްތަކުގެ ތެރެއިން ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ވާއިރު ކައިވެނީގެ ހަފްލާގެ ތެރެއިން ވެސް ފިޔަވަޅުތައް އިތުރު ކުރަން ވަނީ ނިންމާފަ އެވެ.
މިއަދުގެ ވަގުތެއްގައި ކައިވެނި ކުރަން ނިންމާފައި ވާއިރު އެމީހުންގެ ކައިވެނީގެ ހަފްލާގެ ފޮޓޯއެއް ލީކްވެދާނެތީ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް ވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފޮޓޯއެއް ލީކްވެދާނެތީ ވަރުގަދަ ފިޔަވަޅުތަކެއް އެޅީ ވަރުންގެ ލޯބިވެރިޔާ ނަތާޝާ ބޭނުންވެގެންނެވެ. ކައިވެނީގެ އެއްވެސް އިވެންޓަކަށް ފޯނު ނުވެއްދޭނެކަން އަންގާފައިވާ އިރު އެތަނަށްދާ މީހުންނަށް ވަނީ ކޮވިޑްގެ ފިޔަވަޅުތަކަށް ވެސް ވަރަށް ބޮޑަށް ސަމާލުވާން އަންގާފަ އެވެ.
ވަރުން އަދި ނަތާޝާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާ މީހުން މާސްކް އަޅަން ޖެހޭ އިރު އެ ސަރަހައްދުގެ ގިނަ ހިސާބުތަކުގައި ޔޫވީސީ ޑިސްއިންފެކްޓިން ޑިވައިސް ބެހެއްޓިފައިވެ އެވެ. އަދި އެ ސަރަހައްދުގައި އުޅޭ އިރު ގިނަގިނައިން އަތް ސެނިޓައިޒް ކުރަން އަންގާފައިވެ އެވެ.