ads
ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
އަށާރަ އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީ މީހަކު ހާޒިރު ކުރަން ބޭނުންވެގެން ފުލުހުން އިއުލާނުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އިދްރީޝް އެވެ.

ފުލުހުން ބުނީ މި މީހާ ހޯދަނީ ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

އެގޮތުން މި މައްސަލައިގެ ތަހުގީގަށް މި މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. 

އަދި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މި މީހާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ކަމަށް ފުލުހުން ބުނެ އެވެ.

އެއާއެކު އަންނަ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް އިދްރީޝް ހާޒިރު ވުމަށް ފުލުހުން އަންގާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް