ads
ޑރ. މުހައްމަދު އިޔާޒު--
ސިނަމާތައް ހުޅުވާއިރު ގުރުއާން ކްލާސްތައް ނުހުޅުވާތީ ކަންބޮޑުވެއްޖެ
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މި މަހުގެ ތެރޭގައި ހުޅުވާލަން ނިންމި ނިންމުމާއެކު ގުރުއާން ކްލާސްތައް ނުހުޅުވާތީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ  ކޮވިޑު-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީ ގޮތުގެ އުސޫލާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ނިންމާފަ އެވެ. 

އެކަމާއި ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ ސިނަމާތައް ހުޅުވުމުގެ ހުއްދަދީފައިވާ އިރު ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް އަލުން ފެށުމާއި މެދު ގޮތެއް ނުނިންމިގެން އުޅެނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. އަދި ކޮވިޑް ފެތުރެނީ ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތަކުންތޯ ސުވާލު އުފެއްދެވި އެވެ. 

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން މާޗު މަހުގެ 16 ވަނަ ދުވަހު، ރާއްޖޭގައި ހިންގަމުން އަންނަ ސިނަމާތައް ބަންދުކުރަން ނިންމި ނިންމުން ބާތިލުކޮށް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ތަންތަން ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް