ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހުޅުވުމުގެ ހުއްދަ ދީފި
ޓިއުޝަން ކުލާސްތަކާއި ގުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ މިއަދުން ފެށިގެން ދީފި އެވެ.
Advertisement

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ޓިއުޝަން ކުލާސްތަކާއި ގުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ އެ އެޖެންސީން ދީފައިވާ ކަމަށެވެ. 

އެހެންކަމުން، އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކުލާސްތަކާއި ގުރުއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވައިގެން ހިދުމަތް ދިނުން އެންމެ ރަނގަޅު ކަމަށާއި އަދި އެ ތަންތަން ހިންގަން ޖެހޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިއަދުން ފެށިގެން ގްރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުމުގެ ހުއްދަދީފައިވާ އިރު މިއަދު އެޗްޕީއޭ އިން ވަނީ މި މަހުގެ 25 އިން ފެށިގެން ސިނަމާތައް ހުޅުވުމުގެ ހުއްދަ ވެސް ދޭން ނިންމާފަ އެވެ. އެގޮތުން އެ ތަންތަން ހުޅުވައި ހިދުމަތް ދޭން ޖެހޭ ގޮތުގެ އުސޫލު ވެސް ވަނީ އާންމުކޮށްފަ އެވެ. 

ކޮވިޑާއި ގުޅިގެން މިފަދަ ތަންތަން ބަންދުކުރުމަށް ފަހު އަލުން ހުޅުވަމުން އަންނަނީ ރައްކާތެރިވުމަށް އެޗްޕީއޭ އިން ނެރޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެ އުސޫލަށް އަމަލުނުކުރާ ނަމަ އަންނަނީ ޖޫރިމަނާ ކުރަމުންނެެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް