ads
ދިވެހިރާއްޖޭގެ ހައިކޯޓު-
އަންހެނުންނަށް ގޮނޑި ހާއްސަކުރާ މާއްދާ ބާތިލް ނުކުރުމަށް ހައިކޯޓުން ނިންމައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަކުރަން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި، މި އިސްލާހު ބާތިލު ނުކުރުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ހައި ކޯޓުގެ މި ހުކުމް އިއްވާފައިވަނީ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުގެ މި ހުކުމް އިއްވާފައިވަނީ މައްސަލަ ބެލުމުގެ ބެންޗުގައި ހިމެނޭ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މި އިސްލާހު ބާތިލުކުރުމަށް އެދި މި މައްސަލަ ކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ، މި އިސްލާހުގެ ސަބަބުން ފިރިހެނުންގެ ހައްގު ނިގުޅައިގަނެވޭ ކަމަށް ބުނެއެވެ. އަދި އަންހެނުންނަށް 33 އިންސައްތަ ގޮނޑި އިންތިހާޞުގައި ކަނޑައެޅުމަކީ ފިރިހެނުންނަށް އޮތް ފުރުސަތުތައް ހަނިވާނެ ކަމެއްކަމުގައި މޫސާ އަންވަރު ފާހަގަ ކުރެއްވިއެވެ.

މޫސާ އަންވަރު ވަނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މި އިސްލާހު ބާތިލްކޮށްދިނުމަށް އެދިފައެވެ. އަދި މިއީ ގާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށް ކަނޑައަޅާ، ކައުންސިލް އިންތިހާބުގެ ގަވައިދުން އެބައި އުވާލުމަށް އެދިފައިވެއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅި ސުޕްރީމް ކޯޓަށެވެ. ނަމަވެސް މި މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމުން ދެން މި މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ. އަދި ހައި ކޯޓުގެ މި ނިންމުމާއެކު، މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް