
ވަރުން ދާވަން އާއި ނަތާޝާ--
ވަރުންނާއި ނަތާޝާގެ ކައިވެނީގެ ފޮޓޯތައް މިއޮތީ!
25 ޖެނުއަރީ 2021 - 09:34:53
ބޮލީވުޑުގެ މަޝްހޫރު ތަރި، ވަރުން ދާވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެނީގެ ހަފްލާގެ ފޮޓޯއެއް ވަރުން މިވަނީ ސަޕޯޓަރުންނަށް ހިއްސާކޮށްފަ އެވެ.
އިންސްޓަގްރާމު މެދުވެރިކޮށް ވަރުން ކައިވެނީގެ ދެ ފޮޓޯއެއް ހިއްސާކޮށްލީ، "ލައިފް ލޯންގް ލަވް ޖަސްޓް ބިކޭމް އޮފިޝަލް" ޖެހުމަށް ފަހު އެވެ. ރިހި ކުލައިގެ ހެދުމުގައި ދެ ތަރިން ފެނިގެންދާއިރު އެއް ފޮޓޯއިން ވަރުންގެ ބައްޕަ ޑޭވިޑް ދާވަން އާއި މަންމަ ލާލީ ވެސް ފެނިގެންދެ އެވެ.
ވަރުންނާއި ނަތާޝާ--
ކައިވެނިކޮށް ނިމުން ގޮތަށް ވަރުންނާއި ނަތާޝާ ވަނީ ޕަޕަރާޒީންގެ ކެމެރާތަކުގެ ކުރިމައްޗަށް ގޮސް، ފޮޓޯއަކަށް ވެސް ހުއްޓިފަ އެވެ.
ވަރުންނާއި ނަތާޝާ--
ވަރުންނާއި ނަތާޝާ ކައިވެނިކުތީ އަލިބާގްގެ "ދަ މެންޝަން ހައުސް" ގަ އެވެ. ސެކިއުރިޓީ ވެސް ވަރަށް ވަރުގަދަކޮށްފައި އޮތްއިރު ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަނީ އެތަނުގައި އަޅާފަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް