ads
ވޯޓާ ތީމް ޕާކުކައިރިން މަރުވެ ކުނިވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް މީހެއް ކަމަށް ފުލުހުން ބުނޭ
މަރުވެ ކުނިވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް މީހާ: ފުލުހުން
ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައިވާ އޮއްވައި މިދިޔަ ހޯމަ ދުވަހުގެ ރޭ އިރާކޮޅު ފެނުނީ ނޭޕާލުގެ މީހެއް ކަމަށާއި އޭނާގެ މަރުވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަނުކުރެވޭ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
Advertisement

ފުލުހުން މިދިޔަ ހޯމަ ދުވަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ވޯޓާ ތީމް ޕާކެއް ހަދަން ދޫކުރި ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.

އެއީ ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑު ކުނިވެފައި އޮތުމުން، އެއީ ކާކުކަން ދެނެގަންނަން މަސައްކަތްކުރަމުންދާ ކަމަށް އޭރު ފުލުހުން ބުންޏެވެ. އަދި އެއީ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް ބެލެވޭނެ ބައެއް ކަންކަން ހުރި ކަމަށް ވެސް އެ ދުވަހު ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ބުނީ މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ 21 އިން ފެށިގެން ގެއްލިގެން ހޯދަމުން އައި ރުޕަން ތަޕާ މަގަރް ކަން ފޮރެންސިކް ކަން ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން ރުޕަން ތަޕާ މަގަރް މަރުވުމުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވޭ،" އުމުރުން 29 އަހަރުގެ އެ މީހާގެ މަރާ ގުޅިގެން ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަަސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް