ads
ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ ސުވާލަށް ޖަވާބު ދޭން "ޖަޒީރާ ސައްލާ" ފަށަނީ
ރައްޔިތުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކަށް ޖަވާބުދިނުމަށް "ޖަޒީރާ ސައްލާ" ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ޖަޒީރާ ސައްލާއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކަށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލާއި ޝުއޫރުތައް ހިއްސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފަށަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

ޑިޖިޓަލްކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ޕްރޮގްރާމުގެ ދަށުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭނީ އެ ދާއިރާއަކާ ގުޅޭ ބޭފުޅުންނެވެ. މި ޕްރޮގްރާމު ފަށާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ. 

މި ވެރިކަމުގެ ކުރީކޮޅު ވެސް ވަނީ ޖަޒީރާ ހޮޅުއަށީގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވެ އެވެ. އެ ބައްދަލުވުންތަކުގައި ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެގޮތުން ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް އެ ޕްރޮގްރާމުގެ ދަށުން ލިބިގެންދިޔަ އެވެ. 

އެހެންނަމަވެސް ކޮވިޑާއެކު އެ ބައްދަލުވުންތައް ވެސް ހުއްޓުމަކަށް އައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް