ads
ވަރުންނާއި ނަތާޝާ--
ޕަޕަރާޒީން އަޑުގަދަ ކުރަން ފެށުމުން ވަރުން ބުނީ ނަތާޝާ ބިރުގަނެދާނެ ކަމަށް!
ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް އިއްޔެ ކައިވެނިކޮށްފައިވާ އިރު ވަރުން ވަނީ ކައިވެނީގެ ހަފްލާ އޮތް ތަނުގައި ފޯރިމަރަމުން އައި ޕަޕަރާޒީންގެ ކުރިމައްޗަށް އަނބިމީހާ ނަތާޝާ ގޮވައިގެން ގޮސްފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ޕަޕަރާޒީން އެ ސަރަހައްދުގައި ތިބިއިރު ވަރުން އާއި ނަތާޝާ ދިއުމާއެކު ފޮޓޯ ނަގަން ޕަޕަރާޒީން ކެތްމަދުވެފައި ތިބިކަން ފެނިގެންދިޔަ އެވެ.

އެގޮތުން އެކި ފަޅި ފަޅިއަށް ބެލުމަށް އެމީހުން ގޮވަަމުން ދިޔައިރު ވަރުން ވަނީ މަޑުމަޑުން ފޮޓޯ ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. އަދި ނަތާޝާ ބިރުގަނެދާނެ ކަމަށް ވެސް ބުންޏެވެ. އެއާއެކު ނަތާޝާ ވެސް ހިނި އައެވެ. އަދި ޕަޕަރާޒީން ވެސް ހޭން ފެށި އަޑުއިވެ އެވެ. 

އިއްޔެ މެންދުރެއް ހާއިރު ވަރުންނާއި ނަތާޝާ އަލިބާގްގައި ކައިވެނި ކުރިއިރު އެ ކައިވެނީގެ ހަފްލާގައި ބޮލީވުޑުގެ ބައެއް ފަންނާނުން ވެސް ބައިވެރިވި އެވެ. އަދި މުޅި ދުވަހު ސަޕޯޓަރުން އިންތިޒާރެއްގައި ބޭތިއްބުމަށް ފަހު ރޭގެ ވަގުތެއްގައި ވަރުން ވަނީ އަނބިމީހާއެކު ފުރަތަމަ ފޮޓޯ ވެސް ސޯޝަލް މީޑިއާއަށް ހިއްސާކޮށްފަ އެވެ. 

ވަރުންނާއި ނަތާޝާ ކައިވެނިކުރީ އަލިބާގްގެ "ދަ މެންޝަން ހައުސް" ގަ އެވެ. ސެކިއުރިޓީ ވެސް ވަރަށް ވަރުގަދަކޮށްފައި އޮތް އިރު ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަނީ އެތަނުގައި އަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް