ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
ހިޔާލު ތަފާތު ވިޔަސް ހިޔާލު ފާޅު ނުކުރެވޭ ގޮތަކަށް ނުހަދާ: ރައީސް އޮފީސް
ސިޔާސީ މުވައްޒަފުން ސަރުކާރާ ހިޔާލު ތަފާތު ވިޔަސް އެ ހިޔާލު ފާޅު ނުކުރެވޭ ގޮތަށް، ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް އާ އުސޫލެއް ހަދާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ސިޔާސީ މުވައްޒަފުން ސަރުކާރާ ހިޔާލު ތަފާތު ވިޔަސް އެ ހިޔާލު ފާޅު ނުކުރެވޭ ގޮތަށް، ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް އާ އުސޫލެއް ހަދާފައިވާ ކަމަށް ދޭހަވާ ގޮތަށް މީޑިއާތަކުން ގެނެސްދީފައިވާ ހަބަރުތަކަކީ އޮޅުމެއް ކަމަށެވެ. 

އެގޮތުން "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލު" މިއީ 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލުކުރަމުންދާ އުސޫލެއްކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ އިއްޔެ އެ އުސޫލު އަލުން ޝާއިއުކޮށްފައިވަނީ އެ އުސޫލުގެ ނުވަވަނަ މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރަށް ގެނެވުނު ބަދަލަކާ ގުޅިގެން ކަމަށާއި އެއީ އެ އުސޫލަށް ގެނެވުނު 10 ވަނަ އިސްލާހު ކަމަށެވެ. 

ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލަށް ގެނެވުނު އާ ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނެވިފައިވާ ބަދަލެއްކަން ފާހަގަކޮށް ރައީސް އޮފީހުން ބުނެފައި ވަނީ އެ ބަދަލާއެކު ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމުގެ ގޮތުގައި ދެވޭނީ 15 ދުވަސް ކަމަށެވެ. އެ ބަދަލަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނާއެކު، ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާ (ސަލާމުގެ ޗުއްޓީ) އަށް ގެނެވުނު ބަދަލާ އެއްގޮތްވާ ގޮތުގެ މަތިން ގެނެވިފައިވާ ބަދަލެއް ކަމަށް ވެސް ބުނެ އެވެ. 

އޭގެ ކުރިން ރައީސުލުޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުސޫލަށް ވެސް އެ ބަދަލު ގެނެސްފައިވާ ކަމަށް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް