ads
ސާރާ އަލީ ހާން--
ސާރާގެ ރާއްޖޭގެ ޗުއްޓީއިން އާ ފޮޓޯތަކެއް!
ބޮލީވުޑު ތަރިން ޗުއްޓީ ހޭދަކުރަން އެންމެ މަގްބޫލު މަންޒިލަކީ މިހާރު ރާއްޖެ އެވެ. ކޮންމެވެސް ތަރިއަކު ރާއްޖެ އައިސްގެން އުޅޭ ހަބަރު މިހާރަކަށް އައިސް އަބަދުވެސް އޮންނަނީ ނޫސްތަކުގެ ސުރުހީގަ އެވެ.

މި ވަގުތު ރާއްޖެ އައިސް އުޅޭ އެއް ތަރިއަކީ ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އެވެ. އޭނާ ރާއްޖޭގައި އުޅެނީ ބޭބެ އިބްރާހިމް އާއި މަންމަ އަމްރިތާ އާއެކު އެވެ.

ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރަމުން ދާއިރު، ސާރާ މި ވަނީ އަނެއްކާވެސް ފޭނުންނަށް ވަރަށް ކަމުދިޔަ ފޮޓޯތަކެއް ދައްކާލާފަ އެވެ. މި ފޮޓޯތަކުގައި ސާރާ ހުރީ ތަފާތު ދެ ބިކީނީއެއް ލައިގެންނެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އެތަނުން އެއް ބިކީނީއަކީ އީޝާ ލާލް ސްވިމްވެއާގެ އުފެއްދުމެކެވެ. އަދި ދެވަނަ ބިކީނީއަކީ ޝިވަން އަދި ނަރޭޝް ޑިޒައިންކޮށްފައިވާ ޓޫޕީސް ބިކީނީ އެކެވެ.

your imageސާރާ--

ފުރަތަމަ ބިކީނީ ލައިގެން ސާރާ ހުންނަނީ ތަނެއްގައި ލެނގިގެން ރަތް ކުލައިގެ އައިނަކާއެކު ފޮޓޯއަށް ބަލާށެވެ. އަދި ދެވަނަ ބިކީނީ ލައިގެން ހުންނައިރު ސާރާ އުޅެނީ ޕޫލުގައި ހެނދުނު ނާސްތާ ކެއުމަށެވެ. 

މި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވާއިރު، ސާރާ ފެނިގެން ދަނީ ރާއްޖޭގެ އަވީގައި ޖެހުމުން ރަނގަޅަށް "ޓޭން" ވެލާފައި ނުވަތަ ހަމުގެ ކުލަ ބަދަލުވެފައި ހުއްޓަ އެވެ.

މިދިޔަ އަހަރު ވެސް ސާރާ ވަނީ ރާއްޖެއަށް އައިސްފަ އެވެ. އެ ފަހަރު ވެސް އައީ ކޮއްކޮ އިބްރާހީމް އާއި މަންމަ، އަމްރީތާއާ އެކުގަ އެވެ.

އެންމެ ފަހުން ސާރާ ފެނުނީ ވަރުން ދާވަންއާއެކު ކޫލީ ނަމްބަރު ވަން އިންނެވެ. އެ ފިލްމަށް ހީކުރި ވަރުގެ ރަނގަޅު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. 

ކެދާނަތާއި ސިމްބާއިން ވެސް ފެނިގެންދިޔަ ސާރާގެ ކުރިއަށް އޮތް ފިލްމަކީ އަތްރަންގީ ރޭ އެވެ. އެއީ އަކްޝޭ ކުމާރާއި ދަނުޝްއާއެކު އޭނާ ފެނިގެންދާނެ ފިލްމެކެވެ. ފިލްމުގެ ޝޫޓިންތައް މިހާރު ވަނީ ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް