ގިނަ ބައެއްގެ އެންމެ މަގުބޫލް އަދި އިންޑިއާގެ އެންމެ ގިނަ މީހުން ބަލާ "ދަ ކަޕިލް ޝަރްމާ ޝޯ" ފެބްރުއަރީ މަހު ހުއްޓާލަން ޝޯގެ ވެރިފަރާތުން ވަނީ ނިންމާފަ އެވެ.
ޝޯ ހުއްޓާލަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ފިލްމްތައް ސިނަމާގައި ދެއްކުން ހުއްޓުމުން ފިލްމީ ތަރިން ޕްރޮމޯޝަން ކަންކަމައިގެން އެހާ ވަރަށް ނޫޅޭތީ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ.
ޝޯގެ ބައިވެރިން ބުނާ ގޮތުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ޝޯ އަނެއްކާވެސް ފައްޓާނެ އެވެ.
"ދަ ކަޕިލް ޝަރްމާ ޝޯ" ފެއްޓީ 2018 ވަނަ އަހަރުގަ އެވެ. ޝޯގައި މިހާރު އެކްޓް ކުރާ މީހުންގެ ތެރޭގައި ސުމޯނާ ޗަކްރަވޮތީ، ކިކޫ ޝަރްދާ އަދިވެސް އިތުރު ތަރިން ހިމެނެ އެވެެ.