ads
ޕަ-ބްޖީގެ ޕޯސްޓަރެއް އަދި ފައު-ޖީގެ ޕޯސްޓަރެއް ---
ފައު-ޖީ: އިންޑިއާގެ ޕަބްޖީ
ޒުވާނުންގެ މެދުގައި މަޝަހޫރު މޯބައިލް ގޭމް "ޕަބްޖީ" އިންޑިއާގައި މަނާ ކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެގޮތުން މި އެޕް މަނާ ކޮށްފައިވަނީ "ސައިބާ ސެކިއުރިޓީ" އާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު ކަމަށް އޭރު އިންޑިއާއިން ބުނެފައިވެއެވެ.

އޭގެ ދެ ދުވަސް ފަހުން އިންޑިއާގައި ޕަބްޖީގެ އަވައިގައި ޖެހުނު މީހުންނަށް ޕަބްޖީގެ ބަދަލުގައި މުޅިން އާ މޯބައިލް ގޭމެއް ރިލީޒް ކުރާ ހަބަރު ފެތުރުނެވެ. ސެޕްޓެމްބަރު ހަތަރެއްގައި އިއުލާނު ކުރި މި ގޭމަކީ ފައު-ޖީ އެވެ.

އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ފައު-ޖީ: ފިޔަލެސް ޔުނައިޓެޑް ގާޑްސް" ރިލީޒް ކޮށްފައިވަނީ އިއްޔެ އެވެ. މި ގޭމް އިއުލާނު ކުރިއިރުން ފެށިގެން މި ގޭމް ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރަމުން އަންނަ އިންޑިއާގެ މަޝްހޫރު ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރް ވަނީ މި ގޭމް ރިލީޒް ކުރި ހަބަރު އޭނާގެ ޓުވީޓަކުން ހިއްސާކޮށްފައެވެ. އަދި މިއަދު "މިޝަން" ފެށުމަށް މި ގޭމް ޑައުންލޯޑު ކުރުމަށް އަކްޝޭ އެދިފައިވެއެވެ.

ގައުމީ ރޫހު ދައްކުވައިދޭ، އިންޑިއާ ސިފައިން ހަރަކާތްތެރިވާ މި ގޭމް ރިލީޒްކޮށްފައި މިވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގައެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ޖެނުއަރީ 26 އެވެ. މިއަހަރު ފާހަގަ ކޮށްފައިވަނީ އިންޑިއާގެ 72 ވަނަ ޖުމްހޫރީ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް