ads
ރޯހާން އާއި ޝްރައްދާ
ޝްރައްދާ އުޅެނީ މީހަކާ ރައްޓެހިވެގެން
ބޮލީވުޑްގެ އެންމެ ކުރީގައި މަސައްކަތް ކުރަމުން އަންނަ ގިނަ ތަރިންތައް މި އަހަރު ކައިވެނި ކުރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މި މަހުގެ 24 ވަނަ ދުވަހު ވަރުން ވަނީ އޭނާގެ ލޯބިވެރިއާ ނަތާޝާ ދަލާލް އާ ކައިވެނިކޮށްފަ އެވެ. ވަރުން މިވަނީ ޝްރައްދާ ކަޕޫރް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ އިޝާރާތެއް ކޮށްފައެވެ.
Advertisement

ޝްރައްދާ އާ ބޮލީވުޑްގެ ފޮޓޯގްރާފަރެއް ކަމުގައިވާ ރޯހާން ޝްރެސްތާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. 

އެގޮތުން ވަރުން އަށް ކައިވެނީގެ މަރުހަބާ ކިޔާފައި ރޯހާން އިންސްޓަގްރާމް ކުރި ސްޓޯރީ ރިޕޯސްޓްކޮށް އޭގެ ކެޕްޝަންގައި "އަހަރެން ހީކުރަން ރޯހާން ތައްޔާރު ކަމަށް" ވަރުން ޖަހާފައި ވެ އެވެ. މިއާ އެކު ސޯޝަލް މީޑިއާގައި ޝްރައްދާ އާ ރޯހާންގެ ކައިވެނީގެ އަޑުތައް މިވަނީ ގަދަވާން ފަށާފައެވެ. 

ވަރުންގެ ފަރާތުން ގިނަ ބަޔަކަށް ޝްރައްދާ އާ ރޯހާން ކައިވެނި ކުރަން އުޅޭކަން ޔަގީން ވެގެން ދިޔަ ނަމަވެސް އެ ދެމީހުންގެ ބަހެއް އަދިވެސް މިކަމުގައި ނުލިބެއެވެ.

އިންޑިއާ ލޮކްޑައުންއަކަށް ދިޔައިރު އާޝިގީ 2 އިން ވިދާލި ޝްރައްދާ ދިޔައީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. ސާހޯ ފަދަ ކާމިޔާބު ފިލްމުތަކުން ފެނުނު ޝްރައްދާ އެންމެ ފަހުން ފެނިގެންދިޔައީ ރޭމޯ ޑި ސޫޒާގެ ސްޓްރީޓް ޑާންސާ އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް