ads
ޖެންޑާ މިނިސްޓަރު މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ
ކޮވިޑާއި ގުޅިގެން ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީވަނީ
ކޮވިޑް-19 އާ ގުޅިގެން މާލޭގައި އުޅެން ދަތިވާ ފަރާތްތަކުގެ ތެރެއިން އާއިލާއާއެކު ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ މިހާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުން އަންނައިރު މިހާލަތުގައި އަމިއްލަ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ދަނީ ކޮވިޑްއާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ހޯދައިދިނުމުގައި ވެސް ޖެންޑާއިން ގެންދަނީ އެހީތެރިވަމުންނެވެ.

ކޮވިޑް 19 އާ ގުޅިގެން އިއުލާންކުރި ފުރަބަންދުގެ ސަބަބުން އެކި ސަބަބުތަކަށްޓަކާ މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނާއި ވަޒީފާ ގެއްލުމާއި އެނޫން ވެސް ސަބަބުތަކާ ހެދި ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވި އެތައް ބަޔަކަށް ޖެންޑާ މިނިސްޓްރީން ވަނީ ކުރިން ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް