ads
އަދުރޭ އަދި ޝުޖާއު ހެލްތު މިނިސްޓްރީގައި--
އަދުރޭ އަދި ޝުޖާއު އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ވެކްސިންގެ ރައްކާތެރިކަމާއި ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ހިއްސާކުރެއްވުމަށް އިދިކޮޅުން ހެލްތު މިނިސްޓްރީއަށް ދިޔުމަށްފަހު ދަރުބާރުގެ ދޮށުގައި މިއަދު ކުރި އިހްތިޖާޖުގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެެވެ.

ވެކްސިންގެ ރައްކާތެރިކަމާއި ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ގުޅޭގޮތުން ރައްޔިތުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކާއި ގުޅިގެން، އެކަންކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ހިއްސާކުރެއްވުމަށް އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން މިއަދު ވަނީ ހެލްތު މިނިސްޓްރީއަށް ވަޑައިގަންފައެވެ. އެހެންނަމަވެެސް އެކަން ކާމިޔާބު ނުވެ، ދަރުބާރުގެ ދޮށުގައި އިދިކޮޅުން ވަނީ ކަންބޮޑުވުންތައް ފާޅުކުރުމަށް އިހްތިޖާޖް ކޮށްފައެވެ. 

އިހްތިޖާޖަށް ފަހު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިދިކޮޅުން މިއަދު މިނިސްޓްރީއަށް ދިޔުމުން މިނިސްޓަރު ނަސީމް އިދިކޮޅާއި ބައްދަލުކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ އިހްތިޖާޖުގެ ތެރެއިން ޕީޕީއެމް ލީޑާޝިޕްގެ އަބްދުއްރަހީމް އަބްދުﷲ އާއި އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާއިރު އެ ކޯލިޝަނުން އިއްޔެ ބޭއްްވި އިހްތިޖާޖުގެ ތެރެއިން ވެސް ބައެއް ލީޑަރުންނާއެކު ޖުމުލަ 24 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އަބްދުއްރަހީމް އަދި ޝުޖާއު ވެސް ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް