ads
ތަންދަވްގެ މަންޒަރެއް--
ހިންދޫއިން ރުޅި އައުމުން ކޯޓުން ވެސް ނިންމީ "ތަންދަވް" އާ ދެކޮޅަށް
ސައިފް އަކީ ހާން މުހިއްމު ރޯލަކުން ފެނިގެންދާ "ތަންދަވް" ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރީ މި މަހުގެ 15 ގައެވެ. އެއާއެކު ސިޔާސީ ޑްރާމާއެއް ގޮތަށް ގެނެސްފައިވާ އެ ވެބް ސީރީސްގައި ހިންދޫ ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ އިންޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އަލީ އައްބާސް ޒަފަރު އުފެއްދި މި ސީރީސްގައި ހިންދޫ ދީނަށް ފުރައްސާރަ ކުރި މައްސަލައިގެ އިތުރުން އުއްތަރު ޕްރަދޭޝްގެ ފުލުހުންނާ ގުޅޭ ނުބައި ތަސައްވުރެއް ދެއްކި ކަމަށް ވެސް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މި ސީރީސް އުފެއްދި މީހުންނާއި އޭގައި އެކްޓު ކުރި މީހުންނަށް ރައްދުވާ ގޮތަށް މިހާރު ވެސް ތިން މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އޭގެ އިތުރުން އެ ސީރީސް ދައްކާ އެމޭޒަން ޕްރައިމްގެ ވެރިޔާ އަޕަރްނާ ޕުރޯހިތާ ދެކޮޅަށް ވެސް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

އެމީހުން ވަނީ ހައްޔަރު ކުރުމުގެ ބިރު އޮތުމުން އެކަން ހުއްޓުވައި ދިނުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެވޭނެ ޖާގައެއް ނެތް ކަމަށް ކަނޑައަޅާފަ އެވެ. 

ކޯޓުގެ ބެންޗުން ބުނެފައި ވަނީ ހިޔާލު ފާޅުކުރެވޭނީ ވަކި އިންތަކެއްގެ ތެރެއިން ކަމަށާއި ހިޔާލު ފާޅުކުރުމުގެ ތެރެއިން މުޖުތަމައުގެ ބޮޑު ބަޔެއްގެ ގަބޫލުކުރުންތަކަށް ފުރައްސާރަ ނުކުރެވޭނެ ކަމަށެވެ. 

ކޯޓުން އެހެން ބުނެފައި ވާއިރު، އަލީ އައްބާސް ޒަފަރް ވަނީ ސީރީޒްގައި ހިމެނޭ ކޮންޓެންޓުން ހިންދޫ ދީނަށް ފުރައްސާރަކުރެވިފައި ވާތީ މައާފަށް އެދޭ ކަމަށް ބުނެފަ އެވެ. އަދި ސީރީޒް އަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް