ޝްރައްދާ އާ ގުޅޭ ގޮތުން ދައުރުވާ ރިޕޯޓްތަކާ ގުޅިގެން ޝަކްތީ ބުނީ އެކަހަލަ ކަމެއް އުޅޭ ކަމަކަށް އެނގިފަ ނުވާ ކަމަށެވެ. އަދި ޝްރައްދާގެ ދިރިއުޅުމުގެ ކަންކަން ނިންމާނީ ޝްރައްދާ ކަމަށެވެ.
ޝްރައްދާ އާ ބޮލީވުޑްގެ ފޮޓޯގްރާފަރެއް ކަމުގައިވާ ރޯހާން ޝްރެސްތާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ވަރުންގެ ފަރާތުން ގިނަ ބަޔަކަށް ޝްރައްދާ އާ ރޯހާން ކައިވެނި ކުރަން އުޅޭކަން ޔަގީން ވެގެން ދިޔަ ނަމަވެސް އެ ދެމީހުންގެ ބަހެއް އަދިވެސް މިކަމުގައި ނުލިބެއެވެ.
އިންޑިއާ ލޮކްޑައުންއަކަށް ދިޔައިރު އާޝިގީ 2 އިން ވިދާލި ޝްރައްދާ ދިޔައީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. ސާހޯ ފަދަ ކާމިޔާބު ފިލްމުތަކުން ފެނުނު ޝްރައްދާ އެންމެ ފަހުން ފެނިގެންދިޔައީ ރޭމޯ ޑި ސޫޒާގެ ސްޓްރީޓް ޑާންސާ އިންނެވެ.