އެފްޑީއޭއިން ބުނީ މެކްސިކޯއިން އުފައްދާފައިވާ ސެނެޓައިޒާއެއްގައި އެތަނޯލްގެ ބަދަލުގައި މެތަނޯލް ބޭނުންކޮށްފައިވާ ކަމަށެވެ.
މެތަނޯލް އަކީ ލަކުޑި ފަދަ ތަކެތީގައި ބޭނުންކުރާ ކެމިކަލެކެވެ. މި ކެމިކަލުގެ ސަބަބުން އިންސާނުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެއެވެ.
މިހެންކަމުން މެކްސިކޯއިން އެއްވެސް ގޮތަކަށް ސެނެޓައިޒާ އެތެރެ ނުކުރަން ވަގުތީ ގޮތުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ވެސް މެކްސިކޯއިން އެތެރެކުރި ބައެއް ސެނެޓައިޒާތަކުން ޕްރޮޕަނޮލް ކިޔާ ކެމިކަލެއް ވެސް ފެނިފައިވާ ކަމަށް އެފްޑީއޭ އިން ބުނެއެވެ.
އެމެރިކާގައި މި މަހު އެކަނިވެސް 900 އަށްވުރެ ގިނަ މީހުން ވަނީ ނުރައްކާތެރި ސެނެޓައިޒާ ބޭނުންކޮށްގެން މަރުވެފައެވެ.