ads
އައްޑޫސިޓީ ފުވައްމުލައް ކުޅި-- ފޮޓޯ: ހުސެއިން ސޮލާހް ޓްވިޓާ
ފަތުރުވެރިން ގަވާއިދާ ހިލާފަށް ވަންނާތީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ގެއްލުންވަނީ
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ފަތުރުވެރިން ގަވާއިދާ ހިލާފަށް ވަންނާތީ އެ ތަންތަނުގެ ވެއްޓާއި ދިރުންތަކަށް ގެއްލުންވަމުންދާ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރުން އަންނަ ސަބްމެރިންތަކާއި ޔޮޓުތަކާއި ކްރޫޒުތަކާއި މިފަދަ އުޅަނދުތަކުގައި ފަތުރުވެރިކަމުގެ ބޭނުމުގައި ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ވަންނަމުންދާ ކަމަށެވެ. 

މިކަމުގެ ސަބަބުން އެ ސަރަހައްދުތަކުގެ ވެއްޓާއި ދިރުންތަކަށް ގެއްލުންވަމުންދާ ކަމަށާއި އެ ތަންތަން ހިމާޔަތްކޮށްފައި ވަނީ އެ ތަންތަނުގެ ދިރުންތަކާއި މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

އެ ތަންތަން ބޭނުން ކުރުމުގެ މިންގަނޑުތަކެއް ވަނީ އިއުލާނުކޮށްފައި ކަމަށާއި އެ ތަންތަނަށް ވަނުމުގެ ކުރިން އީޕީއޭއިން ހުއްދަ ހޯދުމަށާއި، އުސޫލުތަކާ އެއް ގޮތަށް އަމަލު ކުރުމަށް އީޕީއޭއިން ވަނީ ލޯކަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން އަދި ފަތުރުވެރިންގެ ކިބައިން އެދިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް