ނިއު ނޯމަލްގައި އެކުވެރިންނާއެކު އަދި ގޭގައި އާއިލާއާއެކު ކެއުމެއް ހިއްސާ ކުރުމީ ހާއްސަ ވަގުތުކޮޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން ކޯކް އެންޑް މީލްސް ކެމްޕެއިނަކީ މި ހާއްސަ ވަގުތުކޮޅު އިތުރަށް ހާއްސަކުރުމުގެ ގޮތުން ފަށައިގެން އުޅޭ ކެމްޕެއިނެއެއް ކަމަށް އެ ކުންފުނިނެ ބުނެއެވެ.
މި ކެމްޕެއިނަކީ ކޯކާއި ކާނާއާއި ދެމެދު ހުރި ގުޅުން ދައްކުވައިދޭ ކެމްޕެއިނެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ކެމްޕެއިންގެ އަމާޒަކީ ވީހާވެސް ގިނަ މީހުން، މީރު ކާނާއާއި ކޯކާއެކު، އެކުގައި ވަގުތު ހިއްސާ ކުރުން ކަމަށް އެކުންފުނިން ބުނެއެވެ،
މީގެ އިތުރުންވެސް އެ ކުންފުނިންވަނީ ހާއްސަ އިތުރު ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން، ދެ ލީޓަރު ކޯކު ފުޅިއާއެކު، ކޮކާ ކޯލާ ބިއްލޫރި ތަށި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ޕްރޮމޯޝަން އަންނަ މާޗް މަހު 31ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށާއި، މި ޕްރޮމޯޝަނުގެ ދަށުން ކޮކާ ކޯލާ ބިއްލޫރި ތަށި ލިބޭނީ އެ ކުންފުނިން ކަނޑައަޅާ ސުޕާ މާޓު ތަކުން ދެ ލީޓަރު ކޯކުފުޅި ގަތުމުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ކޮކާކޯލާ އަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ބުއިމެކެވެ. 132 އަހަރަށް ވުރެ ގިނަ ދުވަސްވީ މި ބުއިމަކީ ދިވެހިންގެ މެދުގައި މަގުބޫލު ބުއިމެކެވެ. އަދި ކޮކާލޯ ކުންފުނީގެ ބޮޓަލިންގް ޕާޓްނަރާއެކު ރާއްޖެއަށް ވަނީ އެކި ވެރައިޓީގެ ބުއިންތައް ތައާރަފް ކޮށްފައެވެ.