ads
ވައިޓް ޓައިގާގެ މަންޒަރެއް (ކ) އަދި ކާޑީބީ (ވ) ---
ކާޑީބީގެ ތައުރީފު ވައިޓް ޓައިގާ އަދި ޕްރިޔަންކާއަށް!
ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އެމެރިކާގެ މަޝްހޫރު ރެޕް އާޓިސް ކާޑީބީ، ނެޓްފްލިކްސް އޮރިޖިނަލް ފިލްމް ވައިޓް ޓާއިގާ އަށް ތައުރީފު ކޮށްފި އެވެ.

ކާޑީބީ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވައިޓް ޓައިގާ އަކީ ވަރަށް މޮޅު ފިލްމެއް ކަމަށެވެ. އަދި އެ ފިލްމު ބެލި އިރު ރޮވުން ކަމަށާއި، ރުޅިވެސް އައިކަމަށް ކާޑީބީގެ ޓުވީޓުގައި ބުނެފައިވެ އެވެ.

މި ފިލްމުގެ އެއް ޕްރޮޑިއުސަރު، އަދި ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާ ބޮލީވުޑް އަދި ހޮލީވުޑްގެ އެކި މަސައްކަތްތަކުން ފެނިފައިވާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވަނީ ކާޑީބީގެ މި ޓުވީޓަށް ރިޕްލައި ކޮށްފައެވެ.

އެގޮތުން އޭނާއަށްވެސް ފިލްމު ބެލި އިރު އެފަދަ އިހުސާސެއް ކުރެވުނުކަމަށް ބުނެ، ކާޑީބީގެ ތައުރީފަށް ޕްރިޔަންކާ ޝުކުރުއަދާ ކުރިއެވެ.

ކާޑީބީ ވަނީ ޕްރިޔަންކާގެ މި ޓުވީޓަށް ޖަވާބު ދީފައެވެ. އެގޮތުން ވައިޓް ޓައިގާގައި ޕްރިޔަންކާގެ ރޯލަށް ކާޑީބީ ވަނީ ތައުރީފު ކޮށްފައެވެ.

ވައިޓް ޓައިގާ ނެޓްފްލިކްސްގައި ރިލީޒް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާއެކު ގިނަ ބައެއްގެ ތައުރީފު ވަނީ މި ފިލްމަށް، އަދި ފިލްމުގެ އެކްޓަރުންނަށް އަމާޒުވެފައެވެ. ހާއްސަކޮށް ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ އަދަރްޝް ގޯރަވްގެ އެކްޓިންގްއަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވެއެވެ. 

މި ފިލްމަކީ 2008 ވަނަ އަހަރު އަރަވިންދް އަދިގާ ރިލީޒްކުރި ދަ ވައިޓް ޓައިގާ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެގޮތުން މި ފިލްމުން ފެންނިގެންދަނީ އިންޑިއާގެ މުއްސަނދި އާއިލާއެއްގެ ޑްރައިވަރެއް، އޭނާގެ ރަނގަޅު ވިސްނުމުގެ ބޭނުން ހިފާ، ފަގީރުކަމުން ސަލާމަތްވާ ގޮތެވެ. އަދި އޭނާ ބޮޑު ވިޔަފާރިވެރިއަކަށް ވުމަށް ކުރާ މަސައްކަތާއި، އެކަން ހާސިލު ކުރާ ގޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް