ads
ކްރިސްޓަން އަދި ޕްރިންސަސް ޑަޔާނާ ---
ޓުވައިލައިޓްގެ ތަރި ކްރިސްޓަން، ޑަޔާނާގެ ރޯލަށް ތައްޔާރު!
ޓްވައިލައިޓް ސީރީޒްގެ އިން 2008 ވަނަ އަހަރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކްރިސްޓަން ސްޓެވާޓް މިހާރު އަންނަނީ "ބެލާ" ގެ ރޯލަށް ވުރެ މާބޮޑު ރޯލެއް ބެލުންތެރިންނަށް ގެެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ފިލްމް "ސްޕެންސާ" ގައި އިނގިރޭސި އަމީރާ، "ޕްރިންސަސް ޑަޔާނާ" ގެ ރޯލުން ކްރިސްޓަން ފެންނާނެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިދިޔަ ހަފްތާގައި މިވަނީ ކްރިސްޓަންގެ "ޑަޔާނާ ލުކް" ގެ ފޮޓޯ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އާންމު ކޮށްފައެވެ.

މިއާއެކު ގިނަ ބަޔަކު ވަނީ ކްރިސްޓަންގެ މި އާ "ލުކް" އިން ހަމަ ހީވަނީ ޑަޔާނާ ކަމަށް ބުނެ، އޭނާ އަށް ތައުރީފު ކޮށްފައެވެ. އަދި މި ފޮޓޯގަނޑާއެކު ގިނަ ބަޔަކު އަންނަނީ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.

"ސްޕެންސާ" ފިލްމަކީ ހަފްތާ ބަންދެއްގައި ހިނގާ ކަންކަން ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން މި ފިލްމުން ފެންނާނީ ހަފްތާ ބަންދު ތެރޭ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއެކު ޕްރިންސަސް ޑަޔާނާ ޗުއްޓީ ހޭދަ ކުރާ މަންޒަރު ކަމަށާއި، އަދި ޕްރިންސް ޗާލްސްއާ ދެމީހުންގެ ކައިވެނި ނިމުމަކަށް ގެނައުމަށް ނިންމާ ނިންމުން ކަމަށް ވެއެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުގައެވެ. އަދި މި ފިލްމު ރިލީޒް ކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް