ads
އީވޯ މޮރާލެސް---
ބޮލީވިއާގެ ރައީސް އިސްތިއުފާ ދެއްވުމަށް ފަހު މެކްސިކޯގެ ހިމާޔަތަށް
އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ބޮލީވިއާގެ ރައީސް އީވޯ މޮރާލެސް މެކްސިކޯއިން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމަށް ވަޑައިގެންފި
އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ބޮލީވިއާގެ ރައީސް އީވޯ މޮރާލެސް މެކްސިކޯއިން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމަށް ވަޑައިގެންފިއެވެ.

މޮރާލެސް ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ އާދިއްތަ ދުވަހުއެވެ. އިސްތިއުފާ ދެއްވި އިރު އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންދާތާ ވަނީ ހަފުތާތަކެއް ވެފައެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާ ފަށާފައިވަނީ އިންތިހާބު އަލުން ބޭއްވުމަށް އެދިއެވެ.

އާދިއްތަ ދުވަހު މޮރާލެސް އިސްތިއުފާ ދެއްވާފައި މިވަނީ މޮރާލެސްގެ ކޯލިޝަންގެ ބައެއް ބައިވެރިން ކޯލިޝަނާއި ވަކިވެ، މަގާމުން އިސްތިއުފާ ދެއްވުމަށް ބޮލީވިއާގެ އަސްކަރިއްޔާއިން މޮރާލެސްއަށް އަންގާފައިވަނިކޮށެވެ.

މެކްސިކޯއިން މޮރާލެސްއަށް ހިމާޔަތް ދީފައިވަނީ މޮރާލެސްގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެއެވެ. މެކްސިކޯގެ ހާރިޖީ ވަޒީރު، މާސެލޯ އެބްރާޑްވަނީ މޮރާލެސްގެ ނިންމެވުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. މަގާމުން އިސްތިއުފާ ދިނުމަށް އަސްކަރިއްޔާއިން އެންގި އެންގުން އަބްރާޑް ސިފަ ކުރެއްވީ މޮރާލެސްއާއި ދެކޮޅަށް އަސްކަރިއްޔާއިން ހިންގި ބަގާވާތެއްގެ ގޮތުގައެވެ.

މޮރާލެސް އިސްތިއުފާ ދެއްވުމުން ބޮލީވިއާގެ ވެރިކަން މިހާރުވަނީ ގާނޫނީ ހުސްކަމަކަށް އައިސްފައެވެ. މޮރާލެސްގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ކުރިމަތިލުންތައް ހިނގަމުންދާ އިރު ފުލުހުން މިހާރުވަނީ ބޮލީވިއާގެ ވެރިރަށް ލަ ޕާޒްގެ މަގުތަކަށް ނުކުމެ އުޅުން ވެސް މަނާކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް