ads
ރައީސް ޔާމީން-- ފޮޓޯ: އަވަސް އޮންލައިން
ރައީސް ޔާމީންގެ ރިޝްވަތުގެ ދައުވާއަށް ޖަވާބުދާރީވުން މާދަމާއަށް ތާވަލުކޮށްފި
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއަށް އެމަނިކުފާނު ޖަވާބުދާރީވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މާދަމައަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އާންމު ކުރި އެކޯޓުގެ މާދަމާގެ ތާވަލުގައިވާ ގޮތުން، މާދަމާ މި އަޑުއެހުން ކުރިއަށް ދާނީ 14:00 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރިކަމުގެ ތުހުމަތުގަ އެވެ. 

ރައީސް ޔާމީންގެ އިތުރުން އެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާގައި ވަނީ އ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށެވެ.

މި މައްސަލައިގައި ތިން އަޑުއެހުމެއް ބާއްވާފައިވާއިރު، އެންމެ ފަހުން މިމަހު ހަތެއްގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ، ލިޔެކިޔުންތައް ނުލިބޭތީ ސާފު ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެކަމަކު ދައުލަތުގެ ވަކީލާ ވަނީ އެ މައްސަލައާ ގުޅިގެން ހުރިހާ ލިޔެކިޔުމެއް ވެސް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

މީގެ އިތުރުން އެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިފައެވެ. 

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައު ކުރި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި ހުކުމް އިއްވުމުގެ އަޑުއެހުމުގައި ވަނީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ނިންމާ ހުކުމް ކޮށްފައެވެ. 

މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހަައްމަދު ޖަމީލް އަހުމަދު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް