ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އިސްލާމިކް މިނިސްޓަރާއި ހޯމް މިނިސްޓަރު--
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު
ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ (އޭޕީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
Advertisement

ކޮވިޑް-19 އާ ގުޅިގެން އެ ޕާޓީގެ މަގާމުތަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ  އޮންލައިން ވަސީލަތެއް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އާއި ހޯމް މިނިސްޓަރު ޝޭހް އިމްރާން ޕާޓީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާއިރު، އިމްރާން ވޯޓުލެއްވުމަށް ފަހު ވަނީ ޓްވީޓު ކުރައްވާފަ އެވެ.

އިމްރާން ވިދާޅުވީ ވޯޓުލުމުގައި ޕާޓީގެ ހުރިހާ މެމްބަރުން ބައިވެރިވި ކުރިއަށް އޮތް ފަސް އަހަރަށް ޕާޓީ ހިންގުމުގެ ޒިންމާ ހަވާލުކުރާނެ މީހަކު ކަނޑައެޅުން މުހިއްމު ކަމަށެވެ. އިމްރާން މިހާރު ވެސް ހުންނެވީ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.

މި ފަހަރުގެ އިންތިހާބާ ދިމާކޮށް ޕާޓީގެ ރައީސްކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. ނަމަވެސް އެއްވެސް އަންހެން ބޭފުޅަކު ކުރިމަތިލާފައެއް ނުވެ އެވެ.

ސަރުކާރު ކޯލިޝަންގެ ހަތަރުވަނަ އަށް އެންމެ ބޮޑު ޕާޓީ، އަދާލަތު ޕާޓީ ރަސްމީ ގޮތުން ރަޖިސްޓްރީކޮށްފައިވަނީ އޯގަސްޓް 18، 2005 ގައެވެ. އެ ޕާޓީގައި މިވަގުތު 6،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް