އީޔޫ ގައުމުތަކުގައި އުފައްދާ ވެކްސިން އެކްސްޕޯޓު ކުރުން ކޮންޓްރޯލް ކުރާނެ ކަމަށް އީޔޫއިން ބުނީ އެސްޓްރަޒެނެކާއިން އީޔޫއަށް ދޭނެ ކަމަށް ބުނި ކޮވިޑް-19 ވެކްސިނުގެ ސަޕްލައި ލަސްވެ، އަދަދު މަދުކުރުމުން ހިތްހަމަނުޖެހިގެންނެވެ.
އެކަމަށް އިޝާރާތްކޮށް ޑަބްލިއުއެޗްއޯގެ ވައިސް ހެޑް މަރިއެންޖެލާ ސިމާއޯ ވިދާޅުވީ އެއީ ކަންބޮޑުވާން ޖެހޭ ޓްރެންޑެއް ކަމަށެވެ.
އޭގެ ކުރިން ޑަބްލިއުއެޗްއޯގެ ޗީފް ޑރ. ޓެޑްރޯސް އަދަނޮމް ވެސް ވިދާޅުވީ ގައުމުތަކުން ވެކްސިން ވެރިކޮށްލައިގެން އުޅެން ފަށައިފި ނަމަ ކޮވިޑުން ދުނިޔެއިން ކޮވިޑުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ބައިބައިވުން އިތުރުވެދާނެ ކަމަށެވެ.