ads
ފޮޓޯ: ސްޓެލްކޯ
ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަަސައްކަތް ފަށައިފި
ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7000 ހައުސިން ޔުނިޓަށް ކަރަންޓު ދިނުމަށްޓަކައި އިންސްޕެކްޓްކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.
އިންސްޕެކްޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ އެ އިންސްޕެކްޝަންތަކަށް ފަހު ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތްތައް ލަސްތަކެއްނުވެ ފަށާއި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިންމާލެވޭނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ނަރުދަމާގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. އެމްޑަބްލިއުއެސްސީން އެ މަސައްކަތް ކުރަމުން އަންނައިރު ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކަށް ބޭނުންވާ ނަރުދަމާ ކަނެކްޝަންގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ޑިސެމްބަރު މަހުގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެފައިވެ އެވެ. 

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިން ފްލެޓް އެޅުމުގެ މަސައްކަތްކުރަމުން އަންނައިރު އެއީ 434 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. 

މިދިޔަ މަސް ނިމުމުގެ ކުރިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކުރެވޭނެތޯ މަސައްކަތްކުރި ނަމަވެސް އެގޮތަށް އެކަން ކުރެވިފައެއް ނުވެ އެވެ. މިހާރު ވީހާވެސް އަވަހަށް ނެރުމަށް މަސައްކަތްކުރާ ކަަމަށް ފްލެޓް ކޮމިޓީން ބުނާއިރު މިފަހުން ވަނީ ދިރިއުޅުމުގެ ހާލަތު ބަޔަކަށް ޕޮއިންޓް ދިން ގޮތާއި މެދު ސޯޝަލް މީޑިއާގައި ދެބަސްވުން ބޮޑުވެ، ޕޮއިންޓްދިން ގޮތުގެ އުސޫލު ވެސް އާންމުކޮށްފަ އެވެ. އެގޮތުން ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ހާއްސަ މިންގަނޑެއް އެކުލަވާލާފައި ވަނީ، ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ ފަންނީ ލަފަޔާއެކު ކަމަށް ފްލެޓް ކޮމިޓީން ބުނެ އެވެ.

އެ ކޮމިޓީން ބުނީ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މައުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް