އިއްޔެ ވެސް ރާއްޖޭގައި އޭނާ ހޭދަކުރި ޗުއްޓީގެ ވީޑިއޯއެއް ދޫކޮށްލި އެވެ. ފެންނަނީ ޕޫލުގައި އުޅޭ މަންޒަރާއި ރާއްޖޭގެ ވިލުނޫ މޫދެވެ. އެކަމަކު އެއަށް ފަހު އަނަންޔާ ވަނީ މިއީ އޭނާ ހިއްސާކުރާ އެންމެ ފަހު، ޕޯސްޓްކަމަށް ވެސް ވައުދުވެފަ އެވެ.
އެންމެ ފަހުން ހޭދަކުރި ޗުއްޓީއަށް މަހެއް ވާން ގާތްވެފައިވާއިރު ވެސް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މިތަނުގެ ހަނދާންތައް ފޮހެނުލެވިގެން އަނަންޔާ އުޅޭއިރު އޭނާ އެކޭ އެއްގޮތަށް އިޝާން ވެސް ވަނީ ރާއްޖޭގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްފަ އެވެ.
އިޝާން އާއި އަނަންޔާ އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމަކީ ކާލީ ޕީލީ އެވެ. ސްޓޫޑަންޓް އޮފް ދަ އިޔާ ދެއަކުން އަނަންޔާ ބޮލީވުޑަށް ނުކުތްއިރު އިޝާން ބޮލީވުޑަށް ނިކުތީ ދަޅަކް އިންނެވެ. އެކަމަކު އޭނާގެ ފުރަތަމަ ފިލްމަކީ ބިޔޯންޑް ދި ކްލައުޑްސް އެވެ.