ads
ހޯމްމިނިސްޓަރު - އިމްރާން އަބްދުﷲ
އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދާނަން: އިމްރާން
ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމަށް އެ ޕާޓީގެ ރައީސްކަމަށް އިއްޔެ އިންތިހާބުވެ ވަޑައިގެންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ ޕާޓީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އޭނާއަށް ވޯޓު ދެއްވި މެމްބަރުންނަށް ޝުކުރު ދަންނަވާފަ އެވެ. އަދި ކެމްޕޭން ކޮށްދެއްވި މެމްބަރުންނަށް ވެސް ޝުކުރު ދެންނެވި އެވެ.

އޭގެ އިތުރުން އިމްރާނާ ދެކޮޅަށް ރައީސްކަމުގެ މަގާމަށް ވާދަކުރެއްވި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީގެ އެއްބާރުލުން ކުރިއަށް އޮތް ދައުރުގައި ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮންނެވި ކަމަށް ވިދާޅުވި އެވެ.

"ﷲގެ ވާގިފުޅާއެކު އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދާނަން،" އިމްރާން ވިދާޅުވި އެވެ. 

ކޮވިޑް-19 އާ ގުޅިގެން އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އިއްޔެ ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އިންތިހާބުގައި އިމްރާން 921 ވޯޓު ހޯދަވާފައިވާ އިރު، ޒާހިރަށް ލިބިވަޑައިގަތީ 167 ވޯޓެވެ. 

މި ފަހަރުގެ އިންތިހާބާ ދިމާކޮށް ޕާޓީގެ ރައީސްކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. ނަމަވެސް އެއްވެސް އަންހެން ބޭފުޅަކު ކުރިމަތިލާފައެއް ނުވެ އެވެ.

ސަރުކާރު ކޯލިޝަންގެ ހަތަރުވަނަ އަށް އެންމެ ބޮޑު ޕާޓީ، އަދާލަތު ޕާޓީ ރަސްމީ ގޮތުން ރަޖިސްޓްރީކޮށްފައިވަނީ އޯގަސްޓް 18، 2005 ގައެވެ. އެ ޕާޓީގައި މިވަގުތު 6،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް