ads
ސުޝާންތު---
ސުޝާންތުގެ ކޮއްކޮއެއްގެ ގަޔަށް ބަޑި ޖަހައިފި
ބޮލީވުޑުގައި އަރަމުން އައި ތަރި ސުޝާންތް ސިންގް ރާޖުޕުގެ ދެބެއިންގެ ދެ ދަރި ކޮއްކޮއެއްގެ ގަޔަށް ބަޑި ޖަހާއި ހަމަލާދީފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ސުޝާންތުގެ ކޮއްކޮއެއް ކަމަށްވާ ރާޖުކުމާރު ސިންގްގެ ގަޔަށް ބަޑީގެ ހަމަލާއެއް އަމާޒުވީ ބިހާރުގައި އިއްޔެގެ ވަގުތެއްގަ އެވެ. 

އެގޮތުން ބަޑީގެ ވަޒަން އަމާޒުވެ، ރާޖުކުމާރަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދިން ނަމަވެސް އޭނާގެ ހާލަތު މިހާރު ސްޓޭބަލް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

އެ ހަމަލާ އޭނާއަށް އަމާޒުވީ ފިހާރައަށް ދިޔަ މަގުމަތީގައި ކަމަށް ވެ އެވެ. އެ ހަމަލާ ރާޖުކުމާރަށް އަމާޒުވިއިރު އޭނާއާއެކު އިތުރު މީހަކު ވެސް ހުއްޓެވެ. އަދި އޭނާއަށް ވެސް އަނިޔާވިއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުންނަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ތިން މީހެކެވެ. އެގޮތުން އެމީހުން ދުއްވަމުންދިޔަ ކާރުގެ ކުރިމައްޗަށް ކުއްލިއަކަށް އަރާއި ހަމަލާ އަމާޒުކޮށްލީ ކަމަށް ވެއެވެ.

ރާޖުކުމާރުވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ. އަދި އެމީހުންގެ ބަޔާން ނަގާއި މިހާރު ތަހުގީގު ފަށާފައިވާ ކަމަށް ވެސް ބުނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް