ads
ގުގުރި ދެމުން ހައްލު ކުރާނެ ގޮތްތައް--
ގުގުރި ދެމުން ހައްލު ކުރާނީ ކިހިނެއް؟
ރޭގަނޑުގެ އަރާމު ނިދި ފުރިހަމައަށް ހޯދަން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. ދުވާލުގެ ވަގުތުތައް އަވަދިނެތި މަސައްކަތުގައި އުޅުމަށް ފަހު އަނެއް ދުވަހަށް މީހާ ރަނގަޅަށް ތައްޔާރުވުމަށް ރޭގަނޑުގެ ނިދި ވަރަށް މުހިއްމެވެ. އަރާމު ނިންޖެއްގެ ތެރެއަށް ގެނބެމުންދާއިރު، ބައެއް މީހުންނަށް ދިމާވާ މައްސަލައެއް އޮވެ އެވެ. އެއީ ހަޔާތުގެ ބައިވެރިޔާ ގުގުރި ދަމާ އަޑަށް ހޭލެވުމެވެ. ބައެއް މީހުން އަމިއްލައަށް ގުގުރި ދަމާ އަޑު އިވިގެން ވެސް ހޭލެވެ އެވެ.

ގުގުރި ދެމުމަކީ ނިންޖަށް ހުރަސް އަޅާ ކަމެކެވެ. ބައެއް ފަހަރު މިއީ ސިއްހީ މައްސަލައެއްގެ އަލާމާތެކެވެ. އެގޮތުން ސައިނަސް އިންފެކްޝަން ނުވަތަ އާދަތާ ހިލާފަށް މީހާ ބަރުވުމުން ވެސް ގުގުރި ދެމުން އެކަށީގެންވެ އެވެ. ތިރީގައި އެވަނީ ގުގުރި ދެމުން ހައްލުކޮށް ރޭގަނޑުގެ ނިދި ރަނގަޅަށް ހޯދަން ކުރެވިދާނެ ބައެއް ކަންކަމެވެ.

އިނގުރު އަދި މާމުއި ސައި: މި ފަރުވާގެ ފުރިހަމަ ނަތީޖާ ހޯދަން ބޭނުން ނަމަ އިނގުރާއި މާމުއި އަޅައިގެން ކޮންމެ ދުވަހަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ބޯށެވެ. އިނގުރަކީ އެންޓި އިންފްލެމެޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާ ހިމެނޭ އެއްޗަކަށް ވުމުން މީގެ ސައި ބުއިމުން ކަރު ތެރެ ފަސޭހަކޮށްދެ އެވެ.

އަލަނާސި، ދޮންކެޔޮ އަދި އޮރެންޖު: މެލަޓޮނިން މާއްދާއަކީ މީހާއަށް ނިދި ގެނުވާ އެއްޗެކެވެ. އޮރެންޖު، ދޮންކެޔޮ އަދި އަލަނާސީގައި މެލަޓޮނިން ގިނައިން ހިމެނޭތީ މިފަދަ އެއްޗެއް ކައިފި ނަމަ ނިދި ގަދަވެ އެވެ. އަދި ގުގުރި ނުދަމާ ނިދުމަށް އެހީވެދޭ ކަމަށް ވެއެވެ.

އެކްސްޓްރާ ވާޖިން އޮލިވް އޮއިލް: ކުޑަކުޑަ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ފޮދެއް ބޯލުމުން ކަރު ތެރެ ތެތްކޮށްދީ ނޭވާލާން ފަސޭހަވެ އެވެ. އެހެންކަމުން މިއީ ވެސް ގުގުރި ދެމުން ކޮންޓްރޯލް ކުރަން އޮތް ފަރުވާއެކެވެ.

ސޯއި މިލްކް: ޑެއިރީ ހިމެނޭ ތަކެތި، މިސާލަކަށް ގެރީގެ ކިރުގެ ސަބަބުން ގުގުރި ދެމުން އިތުރުވެ އެވެ. އާދައިގެ ކިރު ނުވަތަ ގެރީގެ ކިރު ބުއިމުން ނޭނގި ނަމަވެސް ބައެއް ފަހަރު އެލާޖީ ދިމާވެ، ކަރު ތެރެ ބެދޭ ގޮތް ވެއެވެ. މިހެންވުމުން ނިދާފައި އޮންނައިރު ގިނައިން ގުގުރި ދެމެ އެވެ. މިކަން ހައްލު ކުރަން ސޯއި މިލްކަށް ބޯކިރު ބަދަލުކޮށްލާށެވެ.

ފިޔާ، ލޮނުމެދު: މިއީ ކަރާއި ނޭފަތް ބެދުން ހުއްޓުވައިދޭ ތަކެއްޗެވެ. އޭގެ އިތުރުން ސްލީޕް އެޕްނިއާ ފަދަ މައްސަލަތަކާއި ޓޮންސިލް ދުޅަވުން ފަދަ ކަންކަން ވެސް ކޮންޓްރޯލް ކޮށްދެ އެވެ. ނިދުމުގެ ކުރިން ކާއިރު ކެއުމުގައި މި ތަކެތި ހިމަނާލާށެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް