އެ އުފާވެރި ހަބަރު ދުނިޔެއަށް ހިއްސާކުރަމުން ކަޕިލް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިއަދު ހެނދު އޭނާގެ އަންހެނުން ވަނީ ލޯބި ލޯބި ފިރިހެން ކުއްޖަކު ވިހާފައި ކަމަށާއި މަންމަ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ހުރިހާ އެންމެންގެ ހެޔޮދުއާ އާއި ތަހުނިޔާއަށް ވެސް ޝުކުރުވެރިވާ ކަމަށް އޭނާ ވަނީ ހާމަކޮށްފަ އެވެ.
ކަޕިލްގެ އަންހެނުން ދެވަނަ ދަރިއަށް ބަލިވެ އިން ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިވެފައި ވަނީ ނިމިދިޔަ އަހަރުގެ ކަރްވާ ޗޯތް ތެރޭގައެވެ. ނަމަވެސް އެކަން އެ ދަމަފިރިން ޔަގީންކޮށްދީފައެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން ބާރްތީ ވަނީ ކަޕިލްގެ އަންހެނުންގެ ބަނޑުބޮޑު ފޮޓޯތަކެއް ސޯޝަލް މީޑިޔާއަށް ލާފަ އެވެ. އަދި ގިނަ ބައެއްގެ ތަހުނިޔާ ކަޕިލްއަށް ލިބިގެން ދިޔައެވެ.
ކަޕިލް ޝަރުމާ އަދި އޭނާގެ އަންހެނުން ގިންނީ ޗަކްރާތް އަށް ކުރިން ލިބިފައި ވަނީ އަންހެން ކުއްޖެކެވެ. ކަޕިލްގެ އަންހެން ދަރި އަނޭރާއަށް ވަނީ ބޮލީވުޑްގައި ވަރަށް ބޮޑަށް ސަމާލުކަމެށް ލިބިފައެވެ.